ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 19:55
މާލޭގައި އީވީ ބަސް ޗާރޖްކުރާ ސްޓޭޝަނެއް ގާއިމްކުރުން
މާލޭގައި އީވީ ބަސް ޗާރޖްކުރާ ސްޓޭޝަނެއް ގާއިމްކުރުން
އީވީ ބަސް ޗާރޖްކުރާ ސްޓޭޝަން
ފުރަތަމަ ފަހަރަށް މާލޭގައި އީވީ ބަސް ޗާރޖްކުރާ ސްޓޭޝަނެއް ގާއިމްކޮށްފި
އާރްޓީއެލް ބަހުގެ ޚިދުމަތް ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން
ސްޓޭޝަންގެ ޚިދުމަތް 2 ޖޫން ވާ ހުކުރު ދުވަހުން ފެށިގެން ލިބޭނެ
ބުރާސްފަތި ދުވަހު، އީވީ ބަސް ޗާޖިންގ ސްޓޭޝަން އިފްތިތާހުކުރުމަށްޓަކައި ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައި

ފުރަތަމަ ފަހަރަށް މާލޭގައި އީވީ ބަސް ޗާރޖްކުރާ ސްޓޭޝަނެއް ގާއިމްކޮށްފިއެވެ.

ބުރާސްފަތި ދުވަހު، އީވީ ބަސް ޗާޖިންގ ސްޓޭޝަން އިފްތިތާހުކުރުމަށްޓަކައި ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާއާއި ޖަޕާން އެމްބެސެޑަރ ތަކޭޗީ މިޑޯރީއާއި، ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫއެންޑީޕީގެ ސަފީރު އެންރިކޯ ގަވެގްލިއާގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބޭފުޅުން ވަނީ ބުރާސްފަތި ދުވަހު ހަވީރު ބަހުގެ ޚިދުމަތް ތަޖުރިބާކޮށްލައްވާފައެވެ.

އީވީ ބަސް ޗާޖިންގ ސްޓޭޝަންގެ ޚިދުމަތް 2 ޖޫން ވާ ހުކުރު ދުވަހުން ފެށިގެން ލިބޭނެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް