Advertisement
ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 19:31
ތިނަދޫގައި ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން
ތިނަދޫގައި ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން
ތިނަދޫގައި ޕިކްނިކް އައިލެންޑް ހެދުން
57.6 މިލިއަން ރުފިޔާއަށް، ތިނަދޫގައި ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫއުގެ ދަށުން ޖުމްލަ 65،296 ކޮޑިމީޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވޭ
މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމްލަ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް
މި މަޝްރޫއުގެ ދަށުން، 474 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައި

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެރަށުގައި ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)އާއެވެ.

މި ކޮންޓްރެކްޓުގެ އަގަކީ 57،684،668.40 ރުފިޔާ (ފަންސާސް ހަތް މިލިއަން ހަ ލައްކަ އަށްޑިހަ ހަތަރު ހާސް ހަސަތޭކަ ފަސްދޮޅަށް އަށް ރުފިޔާ، ސާޅީސް ލާރި)އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމްލަ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ޖުމްލަ 65،296 ކޮޑިމީޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، 474 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕިކްނިކް އައިލެންޑަށް ފަސޭހައިން އަރައި ފޭބުމަށް ބޭނުންވާ 2 ޖެޓީ ހެދުންވެސް މި މަޝްރޫއުގައި ވަނީ ހިމަނާފައެވެ. މި މަޝްރޫއު އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫއަށް 57.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް