Advertisement
ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 16:52
އެމްސީއެސްގެ ހެޑް އޮފީސް ހުޅުއްވައިދެއްވަނީ
އެމްސީއެސްގެ ހެޑް އޮފީސް ހުޅުއްވައިދެއްވަނީ
އެމްސީއެސް
އެމްސީއެސްގެ ހެޑް އޮފީސް ބަދަލުވުން
އެމްސީއެސްގެ ހެޑް އޮފީސް، ރޭޑިއޯ ބިލްޑިންގަށް ބަދަލުކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފި
ވޭތުވެ ދިޔަ 11 އަހަރު އެމްސީއެސްގެ ހެޑް އޮފީސް ހިންގާފައިވަނީ ޣާޒީ ބިލްޑިންގުގައި
ރަސްމީ ވަގުތުގައި މުވައްޒަފުން މަސައްކަތްކުރުމުގައި ވަގުތު ހޭދަކުރުމަށް އިލްތިމާސްކުރެއްވި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީސް، މާފަންނު ރޭޑިއޯ ބިލްޑިންގަށް ބަދަލުކުރުމަށްފަހު ރަސްމީކޮށް ހުޅުވައިފިއެވެ.

އެމްސީއެސްގެ ހެޑް އޮފީސް ވޭތުވެދިޔަ 11 އަހަރު ހިންގާފައިވަނީ މާލޭގެ އެންމެ ގިނަ ދުވަސްވީ އޮފީސް އިމާރާތްކަމުގައިވާ ޣާޒީ ބިލްޑިންގުގައެވެ. އެމްސީއެސްގެ ހެޑް އޮފީސް ޣާޒީ ބިލްޑިންގުން ބަދަލުކުރީ، ޣާޒީ ބިލްޑިންގު ބާވެ، ސަރުކާރުން އެ ބިލްޑިންގް ހުސްކުރަން އެންގުމާ ގުޅިގެންނެވެ.

Advertisement

ބުރާސްފަތި ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވީ، ޣާޒީ ބިލްޑިންގް ބާވެ، އެތައް މައްސަލައެއް ކުރިމަތިވަމުންދާތީ އެކަންކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަމުން ދިޔަނަމަވެސް، މިފަދައިން އެހެން އިމާރާތަކަށް ބަދަލުވުމަކީ މިއަހަރު އެއްވެސް ގޮތަކަށް ރާވާފައިވާ ކަމެއް ނޫންކަމަށެވެ. ކުއްލިއަކަށް އެފަދަ ބޮޑު ކަމެއް ކުރަންޖެހުމުންނާއި، ހެޑް އޮފީސް ބަންދުކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކާ ދިމާވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ވާހަކަފުޅުދައްކަވަނީ

ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ އެއް މަސްދުވަހުގެ ތެރޭގައި އަޑުގެ ބިލްޑިންގަށް ބަދަލުވެ، ރަސްމީކޮށް މަސައްކަތް ފެށިގެން ދިއުމާ ހިސާބަށް ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ހީވާގިކަމާއެކު މަސައްކަތްކުރަމުން ދިޔައިރު ފެނުނީ ކޮމިޝަނަރުގެ ހަޔާތްޕުޅުގައި މީގެ ކުރިން ފެނިވަޑައިގެންފައި ނުވާވަރުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ. އަދި ރަސްމީ ވަގުތުގައި އޮފިސަރުންނާއި މުވައްޒަފުން ރަސްމީ މަސައްކަތްކުރުމުގައި ވަގުތު ހޭދަކުރުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ މިއަދަކީ އެމްސީއެސްގެ ހަޔާތުގައި އުފާވެރި ދުވަހެއް ކަމަށެވެ. އަދި މި އިމާރާތުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި އިމާރާތުގެ ތިންވަނަ ފަންގިފިލާ ހުސްކުރުމުން، އަދި ކުރަންޖެހޭ މަސައްކަތްތައް ހުރިކަމަށް ވިދާޅުވިއެވެ. އެންމެ މަތިން ފެށިގެން ދަށާ ހަމައިން، މަޖްބޫރުކަމެއް ނެތި ޖޯޝުގައި މަސައްކަތްކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހެޑް އޮފީސް ބަދަލުވުމުގެ މަސައްކަތުގައި މާލޭ ޖަލާއި ހުޅުމާލޭ ޖަލުން، ޚާއްސަކޮށް އޮފިސަރުން ފޮނުއްވައިގެން ވެދެއްވި އެހީތެރިކަމަށް ޑެޕިއުޓީ ކޮމިޝަނަރ ޝުކުރުއަދާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް