ކ. މާލެ
|
31 މެއި 2023 | ބުދަ 12:49
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ)
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ)
މީހަކު ގެއްލުން
އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅު ގެއްލިގެން ހޯދަނީ
އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މެއި 29 ވަނަ ދުވަހު
މައުލޫމާތު ހިއްސާކުރާނީ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް
ގެއްލިގެން ހޯދަމުން ދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ)

އަންހެނަކާއި އޭނާގެ ދެ އަހަރުގެ ދަރިފުޅު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ހއ. އިހަވަންދޫ / ނަސްރީނުގެ، ޢާއިޝަތު އިޙްސާނާ (32އ) ކަމަށެވެ.

އަދި އޭނާގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މެއި 29 ވަނަ ދުވަހު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ މެއި 29 ވަނަ ދުވަހު ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.

ޢާއިޝަތު އިޙްސާނާ ގެއްލިފައިވަނީ އޭނާގެ، ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެއެވެ.

އެހެންކަމުން ޢާއިޝަތު އިޙްސާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް