ކ. މާލެ
|
28 މެއި 2023 | އާދީއްތަ 12:03
ބަަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު މަސްއޫދު
ބަަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު މަސްއޫދު
ރާއްޖެއެމްވީ
ދޯންޏެއްގައި ބިދޭސީއަކު މަރާލުން
މަސް ދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: މަސްއޫދު ބޭނުންވަނީ އަމިއްލައަށް އައްޔަނުކުރި ވަކީލާއެކު ކުރިއަށްދާން
މި މައްސަަލައާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ 20 މެއި 2021 ގައި
މަސްއޫދުގެ ފަރާތުން އަމިއްލައަށް ވަކީލަކު ހަމަޖައްސާފައިވީނަމަވެސް، އެކަމުގެ ލިއުން އަދި ކޯޓަށް ލިބިފައެއް ނުވޭ
މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާން

މަސް ދޯންޏެއްގައި މާރާމާރީ ހިންގާ ބިދޭސީ އަކު މަރާލި މައްސަލައިގައި އާދިއްތަ ދުވަހު އަޑުއެހުމެއް ބާއްވައިފިއެވެ.

މި މައްސަލައިގަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝާހީން މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދު ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެފަސް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) އާއި (ރ) ގެ ދަށުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މި އަޑުއެހުމަކީ މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ގޮތެއް ނިންމުމާއި، ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ.

ދައުވާލިބޭ މަސްއޫދުއަށް ދައުލަތުގެ ފަރާތުން އައްޔަނު ކޮށްދީފައިވާ ވަކީލު މި އަޑުއެހުމުގައި ވިދާޅުވީ، މިހާރު ދައުވާލިބޭ ފަރާތުން އޭނާ ތަމްސީލު ކުރުމަށް އަމިއްލައަށް ވަކީލަކު އައްޔަނު ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ޖަވާބުދާރީވާން އެނގިވަޑައިގަންނަވާނީވެސް ފަހުން އައްޔަނު ކުރެއްވި ވަކީލަށްކަމަށް މި އަޑުއެހުމުގައި އޭނާ ވިދާޅުވިއެވެ.

މަސްއޫދުގެ ފަރާތުން އަމިއްލައަށް ވަކީލަކު ހަމަޖައްސާފައިވީނަމަވެސް، އެކަމުގެ ލިއުން އަދި ކޯޓަށް ލިބިފައެއް ނުވެއެވެ. މަސްއޫދުގެ ފަރާތުންވެސް ވަނީ އޭނާ ކުރިއަށްދާން ބޭނުންވަނީ އޭނާ އަމިއްލައަށް އައްޔަނު ކުރި ވަކީލަކާއެކުކަމަށް ބުނެފައެވެ.

ދައުވާލިބޭ ފަރާތުން އޭނާ އަމިއްލައަށް އައްޔަނު ކުރި ވަކީލާއެކު ކުރިއަށްދާން ބޭނުންވާކަމަށް ބުނެފައިވާތީ ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ. ނަމަވެސް މިހާތަނަށް މައްސަލަ ދިގުލައިގެން ގޮސްފައިވަނީ ދައުލަތުން އައްޔަނު ކޮށްދީފައިވާ ވަކީލުގެ އިހުމާލަކުން ނޫންކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. ނަމަވެސް ދީބާނާޒް ހައިކޯޓަށް ބަދަލުވެވަޑައިގެންނެވުމާއި ގުޅިގެން މިހާރު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިހުސާންއެވެ.

މި މައްސަަލައާ ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ 20 މެއި 2021 ގައެވެ. އެ ދުވަހު ދައުވާ އިއްވައި، ހެކި ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭގޮތުން ވަނީ ދެފަރާތުން ވާހަކަ ދައްކާފައެވެ. އެއީ މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް