ކ. މާލެ
|
28 މެއި 2023 | އާދީއްތަ 10:51
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ގެވެށި އަނިޔާގެ މައްސަލަތައް
އަނބިމީހާއަށް ގެވެށި އަނިޔާ ކުރި އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފި
މައްސަލައިގައި އަނިޔާ ލިބުނު މީހާ ވަނީ މައްސަލަ ދޫކޮށްލާފައި
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ އުމުރުން 53 އަހަރުގެ އިންޑިއާ ފިރިހެނެއް

އަނބިމީހާއަށް އަނިޔާ ކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ މީހާ ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ އުމުރުން 53 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާއާއި، މާރާމާރީ، އަދި ބިރުދެއްކުމާއި އިންޒާރު ދިނުމުގެ ކުށުގެ ތުހުމަތުގައެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް މީގެ 2 ހަފްތާ ކުރިން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ހެކީގެ ގޮތުގައި ފުލުހުން ވަނީ އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ފޮޓޯތައްވެސް ހުށައަޅާފައެވެ. އޭރު އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއާއި ހެތްކަށް ނުފޫޒު ފޯރުވާފާނެތީއެވެ.

އޭރު އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ބަޔާންކޮށްފައިވާގޮތުގައި އޭނާ ވަނީ އަނބިމީހާއަށް ބޮޑެތި އަނިޔާތަކެއް ދީފައެވެ. އަނިޔާތަކުގެ ބާވަތަށް ބަލާއިރުވެސް، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮވެދާނެކަމަށް ފެންނަކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، އޭނާ އަނިޔާކޮށްފައިވަނީ އޭނާގެ އަނބިމީހާއަށްކަމަށްވާއިރު، އެ މަންޒަރު ފެނުނީ އޭނާގެ އަނބިމީހާގެ ދެ ދަރިންނަށްކަމަށްވާތީ، އަނިޔާލިބުނު ފަރާތާއި، މަންޒަރު ދުށް ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތްކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުމުން މިފަހަރު ވަނީ ދޫކޮށްލާފައެވެ. އެއީ މައްސަލައިގައި އަނިޔާ ލިބުނު މީހާ މައްސަލަ ދޫކޮށްލާފައިވުމާއި މައްސަލާގައި އިތުރަށް ކުރިއަށް ދާން ބޭނުންނުވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް