ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 19:49
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ރާއްޖެއެމްވީ
މާރާމާރި
ހުޅުމާލޭގައި ހިނގި މާރާމާރީގައި އަނިޔާވި ކުއްޖާއަށް ފަރުވާދެނީ
މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ތައް ކައިރީގައި

ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި ކުޑަކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ހަވީރު 5:20 އެހާއިރު މި މާރާމާރީ ހިންގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ތައް ކައިރީގައި ކަމަށެވެ.

މާރާމާރީގައި އަނިޔާވި 18 އަހަރުން ދަށުގެ ޒުވާނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް