Advertisement
ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 11:40
މީހަކު ދަނޑެއްގައި
މީހަކު ދަނޑެއްގައި
ފިޝަރީސް މިނިސްޓްރީ
ދަނޑުވެރިން ތަމްރީނުކުރުން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި
ދަނޑުވެރިން އަހުލުވެރިކުރުމަށް ކޮމިއުނިޓީ ފާރމިންގ ޕްރޮގްރާމް ކުރިއަށްގެންދޭ
ދަނޑުވެރި ނަފާ ލޯނުގެ 30 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވޭ
ދަނޑުވެރިކަން ފުޅާކުރުމުގެގޮތުން މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފިއެވެ.

އެގްރޯނެޓުން ބުނީ ދެމެހެއްޓިނިވި ދަނޑުވެރިކަމުގެ އާދަތައް އާލާކުރުމަށް ފާއިތުވި 3 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަމަށެވެ. އަދި 40 ރަށެއްގައި ޕްރޮގްރާމް ހިންގައި، 1069 ދަނޑުވެރިން ތަމްރީނު ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ގިނަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ.

އެގޮތުން ޒަމާނީ ދަނޑުވެރި އުސޫލުތަކަށް ދިވެހި ދަނޑުވެރިން އަހުލުވެރިކުރުމަށް ކޮމިއުނިޓީ ފާރމިންގ ޕްރޮގްރާމް، ދަނޑުވެރިވެރިކަމުގެ ނަފާ ހޯދުމުގެ މައުލޫމާތާއި، މާކެޓް ހޯދުން ފަސޭހަކުރުމަށްޓަކައި ކޮންޓްރެކްޓް ފާރމިންގ، އަދި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އާލާކުރުވައި، ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ސްކޫލް ގާޑްނިންގ ޕްރޮގްރާމް ކުރިއަށް ގެންދެއެވެ.

Advertisement

މީގެ އިތުރުން އެގްރޯނެޓުން ބުނީ އިރިގޭޝަނާއި ހައިޑްރޮފޯނިކް ސިސްޓަމްސް ތައާރަފް ކުރެވިފައިވާ ކަމަށެވެ. އަދި ދަނޑުވެރިންނަށް އާ ފުރުސަތުތަކާއި އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދެވިފައިވާކަމަށެވެ.

އެގޮތުން އެގްރިކަލްޗަރ އޮންލައިން ސިސްޓަމް ތައާރަފްކުރުމާއި، ދަނޑުވެރިކަމަށް އިމްޕޯޓުކުރާ ސާމާނުގެ ތެރެއިން 191 އައިޓަމަކުން އިމްޕޯޓު ޑިއުޓީ ކަނޑައިލުމާއި، އަދި ދަނޑުވެރި ނަފާ ލޯނުގެ 30 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުން ހިމެނޭކަމަށް އެގްރޯނެޓުން ބުނެއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމުގެގޮތުން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާއިރާއަށް އަންހެނުންނާއި، ޒުވާނުން ނެރުމަށްޓަކައި އެކިއެކި ތަމްރީން ޕްރޮގްރާމްތައް ހިންގައި ވަސީލަތްތައް ގާއިމްކޮށްދިނުމުގެ އިތުރުން، ދަނޑުވެރިކަން ކުރުމަށް ފަހި ފުރުސަތުތައް ދަނީ ހޯދައިދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް