ކ. މާލެ
|
26 މެއި 2023 | ހުކުރު 08:26
ޔޫތު ލީޑަރސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު
ޔޫތު ލީޑަރސް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު
މިނިސްޓްރީ އޮފް ހޯމް އެފެއަރޒް
ޔޫތު ލީޑަރސް ފޯރަމް
މިއަހަރުގެ ފުރަތަމަ ޔޫތު ލީޑަރސް ފޯރަމް ކޮޅުފުށީގައި ފަށައިފި
މިއަހަރުގެ ފޯރަމުގައި 80އަށްވުރެ ގިނަ ޒުވާނުން ބައިވެރިވޭ
މިއަހަރުގެ ފުރަތަަމަ ފޯރަމް ހާއްސަކޮށްފައިވަނީ މ. އަތޮޅަށް

މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ޔޫތު ލީޑަރސް ނެޓްވޯކުން، ޒުވާން ލީޑަރުން ބިނާކުރުމަށް ބާއްވަމުން އަންނަ "ޔޫތު ލީޑަރސް ފޯރަމް" ގެ މިއަހަރުގެ ފުރަތަމަ ފޯރަމް މ. ކޮޅުފުށީގައި ފަށައިފިއެވެ.

ބުރާސްފަތި ދުވަހު މި ފޯރަމް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މިއަހަރުގެ ފޯރަމް މ. އަތޮޅަށް ހާއްސަކޮށްފައިވާއިރު އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން 80 އަށްވުރެ ގިނަ ޒުވާނުން މި ފޯރަމުގައި ބައިވެރިވެއެވެ.

މި ފޯރަމް ފައްޓަވައިދެއްވައި މިނިސްޓަރު އިމްރާން ވިދާޅުވީ މި ފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި, މ. އަތޮޅަށް ވެސް ވަރަށް މުހިންމު ފޯރަމަކަށްކަމަށެވެ. އަދި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމުގައި ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ޤައުމިއްޔަތުގެ އަސާސްތަކާއެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ އެ ޤައުމެއް ކުރިއަރާ ދިއުމަށް ވަރަށް މުހިންމުކަމެއް ކަމަށާއި ހޯމް މިނިސްޓްރީން ކުރިއަށްގެންދާ މި ފޯރަމުގެ ސަބަބުން ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ޤައުމެއް ބިނާވާނީ, ޤައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެޤައުމެއްގެ ޒުވާން ޖީލަކީ ޢިލްމީ ޤާބިލް ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ "ޒުވާން އިސްވާރުން" މި ޝިއާރުގެ ދަށުންނެވެ.

މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްގެންދާ މި ފޯރަމުގައި މައިގަނޑު ނުވަ ސެޝަނެއް ހިމެނެއެވެ. އޭގެތެރޭގައި ޓީމް ބިލްޑިންގއާއި, ލައިފް ސްކިލްސްއާއި, ދިވެހިންގެ ވާހަކައާއި, ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމް އަދި އަމާން ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ބައިވެރިވުމުގެ މުހިންމުކަމާގުޅޭ ސެޝަންތައް ހިމެނެއެވެ.

މި ސެޝަންތައް ނަގައިދޭނީ އެދާއިރާތަކުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުން ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް