ކ. މާލެ
|
24 މެއި 2023 | ބުދަ 17:50
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
މެޖިސްޓްރޭޓަކަށް މަރުގެ އިންޒާރު ދިނުން
މެޖިސްޓްރޭޓަކަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ހދ.އަތޮޅުގެ މެޖިސްޓްރޭޓަކަށް މަރުގެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މެޖިސްޓްރޭޓަކަށް މަރުގެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން މިމަހުގެ 22 ވީ ހޯމަ ދުވަހު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މަރުގެ އިންޒާރު ދިނުމާއި ގުޅިގެން ދެމީހުން ހައްޔަރު ކުރިނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް