ކ. މާލެ
|
24 މެއި 2023 | ބުދަ 12:42
ގަވާއިދާ ހިލާފުވުމުން ޓެކްސީއެއްގައި ސްޓިކާ ޖަހަނީ
ގަވާއިދާ ހިލާފުވުމުން ޓެކްސީއެއްގައި ސްޓިކާ ޖަހަނީ
ރާއްޖެއެމްވީ
ޓެކްސީތަކުގައި ކެމެރާ ހަރުކުން
ޓެކްސީތަކުގައި ދެން ހުންނަން ޖެހޭނީ ކެމެރާ ހަރުކޮށްފައި
 
ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކުރަން ޖެހޭ
 
ރެކޯޑިން ހަތް ދުވަހަށް ބަހައްޓަން ޖެހޭނެ

ޓެކްސީތަކުގައި ޑޭޝް ކެެމެރާ ހަރުކޮށް ޚިދުމަތް ދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑުކުރަން ޖެހޭ ގޮތަށް ލާޒިމުކުރާ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރާގޮތަށް ކަނޑައަޅައި، ރާއްޖޭގައި ޓެކްސީ ކުރުމުގެ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުއެވެ. އޭރު ނިންމާފައިވަނީ އެ ގަވާއިދަށް 6 މަސްދުވަހުގެ ތެރޭގައި އަމަލުކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ގެނައި އިސްލާހުތަކާއެކު، ޓެކްސީތަކުގައި ކެމެރާ ހަރުކުރުމުގެ ގަވާއިދަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރިއެވެ. އެ މުއްދަތު މިހާރު ހަމަވެފައިވާއިރު މި ގަވާއިދާ ގުޅޭގޮތުން އިތުރުގޮތެއް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައި ނުވެއެވެ. އެހެންކަމުން މިހާރު އެ ގަވާއިދަށް އަމަލު ކުރާނެއެވެ.

ޓެކްސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ޓެކްސީތަކުގެ އެތެރޭގައި ތިބޭ ފަސިންޖަރުންނާއި، ޑްރައިވަރާއި، ޓެކްސީގެ ބޭރު ފެންނަން ހުންނާނޭހެން ކެމެރާ ހަރުކޮށް، ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާތަކުން ރިކޯޑު ކުރެވެން ޖެހެއެވެ. މިގޮތަށް ކޮށްފައިވާ ރިކޯޑިންތައް، އެ ރިކޯޑުކުރެވޭ ތާރީޚުން ފެށިގެން މަދުވެގެން 7 ދުވަހުގެ މުއްދަތަށް، އެ ޓެކްސީއެއްގެ ޓެކްސީ ސެންޓަރުން ބަލަހައްޓަންޖެހެއެވެ.

ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާތަކުގައި، ހުންނަންޖެހޭ މިންގަނޑުތަކުގެތެރޭގައި، ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ހާރޑް ޑްރައިވްގައި ވީޑިއޯ އެންކްރިޕްޓްކޮށް ރައްކާކުރެވޭނޭހެން ހުރުމާއި، ޓެކްސީއަށް އަރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި، ޓެކްސީގައި ހަރުކޮށްފައިވާ ކެމެރާގެ ވީޑިއޯތައް އެހެން އެއްވެސް ޑިވައިސްއަކަށް އެޅުމާއި، ވީޑިއޯ ރިކޯޑިންގތައް އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކާ ހިއްސާ ކުރުމަކީ މަނާކަމެކެވެ.

ޓެކްސީތަކުގެ ބިއްލޫރި ކަޅުކުރެވޭނެ މިންގަނޑެއްވެސް ޓްރާންސްޕޯޓުންވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެކްސީގެ ބިއްލޫރި ކަޅުކުރެވޭނީ، މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަން ހުންނަ ވަރަށް ކަމަށް ޓްރާސްޕޯޓު މިނިސްޓްރީން ބުންޏެވެ.

ޓެެކްސީ ދުއްވަމުންދާއިރު، އެ ޓެކްސީއެއްގައި ކެމެރާ ހަރުކޮށްފައިވާކަމާއި، އެ ކެމެރާއިން ރިކޯޑު ކުރަމުންދާކަން، ފަސިންޖަރުންނަށް، ޓެކްސީ ޑްރައިވަރު އަންގަން ޖެހެއެވެ. ޓެެކްސީތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރިކޯޑުކުރާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި ވީޑިއޯ ރިކޯޑިންގތައް އޯވަރރައިޓްކޮށް، އިންސްޓޯލްކޮށްފައިވާ ސިސްޓަމް ސްޓޯރޭޖް ޑިވައިސްގެ ތެރޭގައި ރައްކާކުރަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
17%
50%
0%
0%
ކޮމެންޓް
- ގުޅުންހުރި
އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމުގެ ގޮތުން ތައްޔާރުކުރާ އާރްއެފްޕީއައިގެ މަސައްކަތް ވަނީ ނިމުމަކާއި ގާތުގައި - މިނިސްޓަރ
އެއާޕޯޓް ޓެކްސީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ދިމާވޭ، އެއީ ވަރަށް ބޮޑު ގޮންޖެހުމެއް - މިނިސްޓަރ
4 ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރަމުން: މިނިސްޓަރު އަމީން
އާރްޓީއެލްގެ ނަމާއި ލޯގޯ ބަދަލުކުރަން އުޅޭކަމުގެ އަޑުގަދަވެފައި ވަނިކޮށް ސަރުކާރުން އެކަން ދޮގުކޮށްފި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރަން: ޑްރައިވަރުން