ކ. މާލެ
|
23 މެއި 2023 | އަންގާރަ 11:08
މަކުނުދޫ އެއަރޕޯޓު އޮންނާނެ ތަނުގެ ކުރެހުން
މަކުނުދޫ އެއަރޕޯޓު އޮންނާނެ ތަނުގެ ކުރެހުން
ފިނޭންސް މިނިސްޓްރީ
މަކުނުދޫ އެއަރޕޯޓް
މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ - އަސްލަމް
 
ކޮންޓްރެކްޓަރާއެކީ ވާހަކަ ދައްކާ ގޮތެއް ނިމިގެން އެވޯޑް ކުރެވޭނެ
 
މިއީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ކުރަން އޮތް މަސައްކަތެއް

މަކުނުދޫ އެއަރޕޯޓުގެ ކޮންޓްރެކްޓް މަހެއްހާ ދުވަހުގެ ތެރޭގައި ފައިނަލައިޒް ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ 4 އެއަޕޯޓެއް ބިން ހިއްކުމުގެ މަސައްކަތަށް ޓެންޑަރަ އަށް ހުޅުވާލުމުން، އެކަމަށް ބިޑްތައް ލިބިފައިވާ ކަމަށެވެ.

އަދި އެތަނުން އެއް ޕާޓީއާ އެކީގައި ނެގޯޝިއޭޓްކުރަމުން ދަނީ ކޮންޓްރެކްޓް ފައިނަލައިޒް ކުރުމަށް ކަމަށާއި، ކޮންޓްރެކްޓް ބިޑް ކުރި އިރުގައި ރިކުއެސްޓް ނުކުރާ ކަންތައްތަކެއް ރިކުއެސްޓް ކޮށްފައި ހުރުމުން ލަސްތަކެއްވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަމަށް މުޅިން އެއްބަސް ނުވާ ކަމަށާއި، މިއީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ކުރަން އޮތް މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މަސައްކަތް އަޅުގަނޑުމެން ކޮންޓްރެކްޓަރާއެކީ ވާހަކަ ދައްކާ ގޮތެއް ނިމިގެން އެވޯޑް ކުރެވޭނެ. މަސައްކަތް ކުރަމުން މިދަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގައި ކޮންޓްރެކްޓް ފައިނަލައިޒްކުރުމަށް.
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުހައްމަދު އަސްލަމް

މަކުނުދޫ އެއަރޕޯޓާއި އިތުރު އެއަރޕޯޓުގެ ބިން ހިއްކަން 3 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓަރު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަކުނުދޫ، ބިލެތްފަހި، ތުޅާދޫ، އަދި ވިލުފުށީ އެއަރޕޯޓް އަޅާނެ ފައިސާ ހޯދިއްޖެ ކަމަށެވެ. އަދި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލެވިއްޖެ ކަމަށާއި، ދެން އޮތީ މަސައްކަތް ފެއްޓެވުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާޕޯޓް އެޅުމަށް ހިނގާނެ ހަރަދުގެ ގޮތުގައި މަކުނުދޫ އެއަރޕޯޓަށް ސަރުކާރުން އަންދާޒާ ކުރަނީ 23,300,000 ޑޮލަރެވެ.

ސަރުކާރުން ވަނީ ރ. އަލިފުށި، ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، މ. މުލި، ފ. މަގުދޫ އަދި ތ. ވިލުފުށި އަދި ރ. އަތޮޅުގެ އިތުރު ރަށެއްގައިވެސް އެއާޕޯޓެއް އެޅުމަށް ނިންމާފައެވެ. މީގެތެރެއިން ފ. މަގޫދޫ އާއި އަލިފުށި އެއާޕޯޓުގެ މަސައްކަތް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ކޮމެންޓް
- ގުޅުންހުރި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ރުހުން ނުލިބުނު ތިން ވަޒީރުންނަށް އައު މަޖިލީހުން ރުހުންދީފި
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލު 241 ކޮމެޓީއަށް
ކުރިން ރުހުން ނުލިބޭ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ އަށް ތާވަލްކޮށްފި
އިނގިރޭސި ޕާލިމެންޓާއި ރާއްޖޭގެ ޕާލިމެންޓާއި ގުޅިގެން މަސައްކަތް ކުރުމާއި މެދު މަޝްވަރާކޮށްފި