ކ. މާލެ
|
23 މެއި 2023 | އަންގާރަ 09:33
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ތ.ވޭމަންޑޫ ނަރުދަމާގެ މަސައްކަތް
ތ.ވޭމަންޑޫ ނަރުދަމާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައި، ދެން އޮތީ ހަވާލުކުރުން - އަސްލަމް
އެ މަސައްކަތަކީ ވޭތުވެދިޔަ ސަރުކާރުގައި ބަޔަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެއް
އެ މަސައްކަތް ކޮށް ނިންމީ އެމްޓީސީސީން
އޮޕަރޭޝަނަލައިޒްކުރުމުގެ މަސައްކަތް ކުރުމަށް ފެނަކަ އާއި ދަނީ ވާހަކަދައްކަމުން

ތ.ވޭމަންޑޫ ނަރުދަމާގެ މަސައްކަތުގައި އިތުރަށް ކުރާނެ މަސައްކަތެއް ދެން ނެތް ކަމަށާއި، ދެން އޮތީ ނަރުދަމާ ނިޒާމް ހިންގުމަށް ފެނަކަ އާއި ހަވާލުކުރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޒް ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އޭނާ ކުރައްވާފައިވާ ސުވާލަކީ ތ.ވޭމަންޑޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތުގެ 71% ނިމިފައިވާކަމަށ،ް 17 އެޕްރީލް 2022 ގައި ސަރުކާރުން ހާމަކޮށްފައިވާއިރު ނަރުދަމާގެ މަސައްކަތް މިހާރު ކުރިއަށްނުދާތީ ކުރައްވާފައިވާ ސުވާލަކެވެ. އޭނާ ވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ގޮތަކީ ކޮބައިތޯ ވަނީ ސުވާލުކުރައްވާފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ތ.ވޭމަންޑޫގެ ނަރުދަމާގެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ އެ މެންބަރު ސުވާލު ހުށަހެޅުއްވީ ފެބްރުއަރީ މަހު ކަމަށް ވާއިރު އޭގެ ފަހުން ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަމަށެވެ. އެ މަސައްކަތަކީ ވޭތުވެދިޔަ ސަރުކާރުގައި ބަޔަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށާއި އެ ކޮންޓްރެކްޓް އުވާލީ ކޮންޓްރެކްޓަރުގެ މަސައްކަތްތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަސައްކަތް ނިންމި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ފަހުން ކުރި ވިއްސާރައިގެ ސަބަބުން ނަރުދަމާގެ އައުޓްފޯލް ހޮޅި ޑިސްޕްލޭސްވި ކަމަށާއި އެ މަސައްކަތް އެމްޑަބްލިއުއެސްސީން އަލުން ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން އެތަން އޮޕަރޭޝަނަލައިޒްކުރުމަށް ޓަކައި ކުރިއަށް ގެންދަން ކުރަން ޖެހޭ ކަންކަންކޮށް ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް