ކ. މާލެ
|
23 މެއި 2023 | އަންގާރަ 08:42
ވޯކް އެންޑް ޓޯކް ޕްރޮގްރާމް ވިލުފުށީގައި ކުރިއަށް ގެންގޮސްފި
ވޯކް އެންޑް ޓޯކް ޕްރޮގްރާމް ވިލުފުށީގައި ކުރިއަށް ގެންގޮސްފި
ޕޮލިސް މީޑިޔާ
ވޯކް އެންޑް ޓޯކް ޕްރޮގްރާމް
ވިލުފުށީގައި ވޯކް އެންޑް ޓޯކް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި
މި ޕްރޮގްރާމް މެދުވެރިކޮށް އާއްމުންނަށް ތަފާތު އެކި ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި
ކުށްމަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވޭ

އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ހިންގާ "ވޯކް އެންޑް ޓޯކް” ޕްރޮގްރާމް ތ.ވިލުފުށީގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެ ޕްރޮގްރާމްގެ ތެރެއިން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ކުށްމަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް އާއްމުންނަށް ތަފާތު އެކި ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވޯކް އެންޑް ޓޯކް ޕްރޮގްރާމް ވިލުފުށީގައި ކުރިއަށް ގެންގޮސްފި - ޕޮލިސް މީޑިޔާ

އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމުގައި ރައްޔިތުންގެ ދައުރާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުމާއި، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ ކިބައިން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު އާއްމުންނަށް ދީފައިވެއެވެ.

އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ވައްކަންކުރާ މީހުންނަށް ފުރުސަތުނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފައެވެ.

އޭގެ އިތުރުން، ރަށުގައި އާންމުކޮށް މީހުން އެއްވެ އެޅޭ ތަންނަނަށް ޒިޔާރަތްކޮށް އެތަންތަނަށް ގޮސްއުޅޭ މީހުންނާ ބައްދަލުކޮށް، އެ މީހުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަމަށް ހައްލުހޯދުމަށް މަޝްވަރާކޮށްފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް