ކ. މާލެ
|
22 މެއި 2023 | ހޯމަ 18:27
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުން ހަރަކާތްތެރިވަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ފުލުހަކަށް ހަމަލާދިނުން
ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި 4 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މެއި މަހުގެ 21 ވީ އާދިއްތަ ދުވަހުގެ ރޭ ވަގުތެއްގައި
ފުލުސް މީހާއަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި
ހަމަލާދީފައިވަނީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވޭ

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވަނީ މެއި މަހުގެ 21 ވީ އާދިއްތަ ދުވަހުގެ ރޭ ވަގުތެއްގައެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ފުލުހެއްގައިގައި ތަޅައި މާރާމާރި ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން 21 އަހަރުގެ މީހެއްގެ ބަންދަށް 15 ދުވަސް، 33 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް, އަދި 42 އަހަރު މީހާއާއި 44 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މިއަދު ޖަހައިދީފައިވާކަމަށެވެ.

މާރާމާރީގައި އަނިޔާވި ފުލުސްމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އާދިއްތަ ދުވަހުގެ ރޭ ވަނީ ދޫކޮށްލާފައެވެ.

މިމައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެ ހާދިސާގެ ވީޑީއޯ ބަލާފައިވާ ކަމަށާއި، ގަލޮޅު ޕޮލިސް ސްޓޭޝަންގެ ސަރޖަންޓް ކޮށްފައިވާ މަސައްކަތަށް ތައުރީފްކުރައްވާ ކަމަށެވެ. އަދި ހަމަލާދީފައިވަނީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް