ކ. މާލެ
|
22 މެއި 2023 | ހޯމަ 16:51
ފިލި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ފިލި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
ސޯޝަލްމީޑިއާ
ބަންދުގައި ހުއްޓައި ފިލި މީހާ އަތުލައިގަތުން
ދާންދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓައި ފިލި މީހާ އަތުލައިގެންފި
އެއީ 49 އަހަރުގެ މީހެއް

ގއ. ދާންދޫ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުއްޓައި ފިލި މީހާ އަތުލައިގެންފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އާދިއްތަ ދުވަހުގެ ރޭ ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި މީހަކު 12:57ހާއިރު ވަނީ ފިލާފައެވެ. އެމީހާ ފިލުމާ ގުޅިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތްކޮށްފައެވެ.

ފުލުހުން ބުނީ 49 އަހަރުގެ އެމީހާ ފެނިފައިވާކަމަށާއި، މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ފެނިފައިވަނީ އޮޑިހަރުގެއެއްގެ ތެރޭގައި ބަންނަމުން ދިޔަ ދޯންޏެއްގެ ތެރޭގައި ފިލައި އޮއްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް