Advertisement
ކ. މާލެ
|
22 މެއި 2023 | ހޯމަ 14:20
ގއ. ދާންދޫ
ގއ. ދާންދޫ
ރާއްޖެއެމްވީ
ޑްރަގް މައްސަލަތައް
ޑްރަގް މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި މީހަކު ފިލައިފި
އޭނާ ފިލާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 12:57 ހާއިރު
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަނީ ކުރަމުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ދާންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި މީހަކު ފިލައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ ފިލާފައިވަނީ އާދިއްތަ ދުވަހުގެ ރޭ 12:57 ހާއިރުއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

ދާދި ފަހުން ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ފިލި މައްސަލައެއްވެސް ފެންމަތިވިއެވެ. އޭނާ ގޮޅިން ފިލާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު ގޮޅިން ނެރެފައި ހުއްޓައެވެ. އެއީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި މީހެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާ ފަހުން ފުލުހުން ވަނީ ހޯދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް