Advertisement
ކ. މާލެ
|
22 މެއި 2023 | ހޯމަ 14:02
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
އަބްދުﷲ ރަޝީދުގެ މަރު
އަބްދުﷲ ރަޝީދު މަރުވީ ފުލުހުން އަނިޔާއެއް ކޮށްގެންކަން އެނގޭކަށް ނެތް: އިމްރާން
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އިހުމާލުވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަަމަށް އިމްރާން ވިދާޅުވި
މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްކަން އެނގެން ނެތް

އަބްދުﷲ ރަޝީދު މަރުވީ ފުލުހުންގެ ސީދާ އިހުމާލެއް އޮވެގެންކަން އެނގޭނެ ސީދާ ހެތްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އެފަދައިން ވިދާޅުވީ މަޑަވެލީ ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ފިރުޝާންގެ ސުވާލުގައި އަބްދުﷲ ރަޝީދުގެ މަރަށް ހަތް މަސް ދުވަސް ވާން ކައިރިވެފައިވާއިރު، އޭނާގެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފުލުހުންނާއި ހިއްސާނުކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޕޯސްޓްމޯޓަމް އަށް ފަހު ފުލުހުން އޭނާގެ އާއިލާ އަށް ގުޅާފައިނުވާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

މިފަދައިން މެންބަރު ވިދާޅުވުމުން ޖަވާބުގައި މިނިސްޓަރު އިމްރާން ވިދާޅުވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ކަންކަން ހިނގި ގޮތް ބެލުމަށް ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށެވެ. އެ މައްސަލައިގައި ޔަގީން ކުރަން ބޭނުންވީ އަބްދުﷲ ރަޝީދުގެ މަރުގެ ފަހަތުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ކަމަށާއި، ނަމަވެސް ފުލުހުން ހިންގި ތަހުގީގުން އެފަދަ ކަމެއް އެނގެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ތަހުގީގީ ނަޒަރަކުން ބަލާއިރު މުޅިން ތަފާތު ކަމަށް މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވެއެވެ. މިނިސްޓަރު ވިދާޅުވީ އެ ހާދިސާގައި ދެފަރާތުން ކަން ހިނގާދިޔަ ގޮތް ބަލާފައިވާ ކަމަށެެވެ. އަދި ފުލުހުންގެ ތަހުގީގުން ފުލުހުންގެ އިހުމާލެއް އޮތްކަން ސާބިތު ނުވާހާ ހިނދަކު އެކަމާ ގުޅިގެން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ވެސް ކުރިން މިނިސްޓަރު އިމްރާން ވިދާޅުވެފައިވެއެވެ.

Advertisement

މި މައްސަލައާ ގުޅިގެން އަބްދުﷲ ރަޝީދުގެ އާއިލާގެ ގިނަ ތުހުމަތުތަކެއް އޭނާ ހައްޔަރުކުރި ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތަޙުޤީޤަށް ސާބިތުވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށާއި، އަދި ފިޔަވަޅު އެޅުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް މިނިސްޓަރު އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަބްދުﷲ ރަޝީދު މަރުވީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގދ. ހޯނޑެއްދޫ އިން އޭނާ ހައްޔަރުކޮށްގެން އެ އަތޮޅުގެ މަޑަވެލި ޕޮލިސް ސްޓޭޝަނަށް ގެންދަނިކޮށެވެ. އޭނާ މަރުވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އުމުރުން 43 އަހަރުގެ އަބްދުﷲ ރަޝީދު މަރުވީ އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވުމުން މޭގައި ރިއްސާތީ އޭނާ އެ ވާހަކަ ފުލުހުން ކައިރީ ބުނުމުން ފުލުހުން އެކަމަށް ސަމާލުކަން ނުދޭ ކަމަށް އަބްދުﷲ ރަޝީދުގެ އާއިލާ އިން ވަނީ ބުނެފައެވެ. އެހެންވެ އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް އާއިލާ އިން ވަނީ ތުހުމަތުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް