Advertisement
ކ. މާލެ
|
21 މެއި 2023 | އާދީއްތަ 07:27
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް ހިންގި ބޭސިކް ފަޔަރ އެވެއަރނަސް ޓްރެއިނިންގެ ތެެރެއިން
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް ހިންގި ބޭސިކް ފަޔަރ އެވެއަރނަސް ޓްރެއިނިންގެ ތެެރެއިން
އެމްއެންޑީއެފް
ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ
ޖޭއެސްސީގެ މުވައްޒަފުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ތަމްރީނެއް ހިންގައިފި
ޓްރެއިނިންގގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 25 މުވައްޒަފުން ބައިވެރިވި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ޓްރެއިނިންގއެއް ހިންގައިފިއެވެ.

ކ.ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި މެއި 20 ވަނަ ދުވަހު ހިންގި މި ޓްރެއިނިންގގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 25 މުވައްޒަފުން ބައިވެރިވިއެވެ.

Advertisement

މި ޓްރެއިނިންގގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.

މި ޓްރެއިނިންގގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރމަނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް