ކ. މާލެ
|
20 މެއި 2023 | ހޮނިހިރު 12:39
ސ ހިތަދޫ ގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާ
ސ ހިތަދޫ ގެއެއްގައި ހިނގި އަލިފާނުގެ ޙާދިސާ
ސޯޝަލްމީޑިއާ
އަލިފާނުގެ ޙާދިސާ
ސ.ހިތަދޫ ގެއެއްގެ ކޮޓަރީގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
ޙާދިސާ ހިނގަން މެދުވެރިވީ ގޭގެ ކޮޓަރީގައި ހުރި އުއްބައްތިއެއް ވެއްޓިގެން
މި ޙާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވޭ

ސ ހިތަދޫ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ޙާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ ދަންވަރު ކަމަށެވެ.

ޙާދިސާ ހިނގަން މެދުވެރިވީ ގޭގެ ކޮޓަރީގައި ހުރި އުއްބައްތިއެއް ވެއްޓިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ޙާދިސާ ހިނގިތާ 10 ވަރަކަށް މިނެޓު ތެރޭގައި އަލިފާން ނިއްވުމުގެ މަސައްކަތް އެ ސަރަޙައްދުގައި އުޅުނު މީހުން ފަށާފައިވާއިރު، އަލިފާންގަނޑު ނިވާލެވުނުއިރު މުޅި ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.  

މި ޙާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވިނަމަވެސް ބައެއް ފަރާތްތަކަށް ދުމުގެ އަސަރުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކައުންސިލުންވެސް ކުރިއަށް ގެންގޮސްފައި ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް