Advertisement
ކ. މާލެ
|
20 މެއި 2023 | ހޮނިހިރު 06:02
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަމޯއާގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ފިއާމޭ ނައޯމީ މަޓައާފާ އާ ބައްދަލުކުރެއްވުން
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަމޯއާގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ފިއާމޭ ނައޯމީ މަޓައާފާ އާ ބައްދަލުކުރެއްވުން
އަބްދުﷲ ޝާހިދު
ޝާހިދުގެ ދަތުރުފުޅު
މިނިސްޓަރ ޝާހިދު ސަމޯއާގެ ބޮޑު ވަޒީރާއި ބައްދަލުކުރައްވައިފި
ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސަމޯއާގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ފިއާމޭ ނައޯމީ މަޓައާފާ އާ ބައްދަލުކުރައްވައިފިއެވެ.

ސަމޯއާގެ ބޮޑުވަޒީރާއި ޝާހިދު ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު ބެންގކޮކަށް ކުރައްވާ ދަތުރުފުޅުގައެވެ.

ސަމޯއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރ ޝާހިދު ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި ރާއްޖެއާއި ސަމޯއާ އާ ކުރިމަތިލާންޖެހެނީ އެއްގޮތް ގޮންޖެހުންތަކަކާކަމަށެވެ. އަދި މި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

މިނިސްޓަރ ވަނީ ޓޮންގާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓަރ އޮފް ޓުއަރިޒަމް ފެކީތާމޮއެލޮއާ އުޓޮއިކަމާނޮއާ އާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާއި ޓޮންގާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް، ޔޫ.އެން.އެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ އަލްސްޖަބާނާ އާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް