ކ. މާލެ
|
19 މެއި 2023 | ހުކުރު 15:06
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
ހަށިވިއްކުން
ހަށިވިއްކި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި
ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުން ހިމެނޭ

ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ މައްސަލައެއްގައި ހައްޔަރު ކުރި މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި އިންޓެލިޖެންސް އަދި އިމިގްރޭޝަން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް 13 މީހުން ހައްޔަރުކުރިއެވެ.

އެއީ ބަންގްލަދޭޝް 8 ފިރިހެނުންނާއި ބަންގްލަދޭޝް އަންހެނެއް އަދި ތައިލެންޑް 4 އަންހެނުންނެވެ.  

މި އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.  

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް