Advertisement
ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 11:59
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ވަގަށް ރަން އެތެރެކުރުން
ވަގަށް ދިވެހިރާއްޖެއަށް ރަން އެތެރެކުރި އިންޑިއާ މީހަކު 60،000 ރުފިޔާއިން ޖޫރިމަނާކޮށްފި
އެ ފައިސާ 3 މަސް ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް ޙުކުމުގައިވޭ
އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ
ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ބަލާފައިވޭ

ވަގަށް ދިވެހިރާއްޖެއަށް ރަން އެތެރެކުރި މީހަކު 60،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ސުބެއިރު ޕަރަންމަލް ޕުތިއާގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

މި ކުށުގެ އަދަބަކީ 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 10،000 ރުފިޔާއާއި، 240،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

Advertisement

ދައުލަތުން ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާ އައިޖީއެމްއެޗަށް ގެންގޮސް ބަލާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބޮޑުކަމުދާތަކެތި ބަލައި ފާސްކުރިއިރު 361 ގްރާމް ރަން ހިމެނޭ ދެ ބުލެޓު ވަނީ ފެނިފައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އޭނާ ބުނެފައިވަނީ އޭނާ އެކަންކުރި ކަމަށް އެއްބަސްވާ ކަމަށެވެ.

ޝަރީއަތުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އޭނާގެ އިއުތިރާފަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް 60،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އަދަބު ކަނޑައަޅުއްވާފައެވެ.

އެ ފައިސާ 3 މަސް ދުވަސް ތެރޭގައި މީރާއަށް ދެއްކުމަށް ޙުކުމުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް