Advertisement
ކ. މާލެ
|
17 މެއި 2023 | ބުދަ 08:15
ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023'އަށް އެހީތެރިވެދޭ ކުންފުނިތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުން
ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023'އަށް އެހީތެރިވެދޭ ކުންފުނިތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުން
އެމްއެމްޕީއާރްސީ
ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް
ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް މި މަހު ބާއްވަނީ
ދުނިޔޭގެ އެކި ކަންކޮޅުތަކުން 60ށްވުރެ ގިނަ ފަރާތްތަކުން ކޮންފަރެންސްގައި ބައިވެރިވޭ

ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް މި މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް 2023ށް އެހީތެރިވެދޭ ކުންފުނިތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރި ކުންފުނިތަކަކީ ހޯސްޓް ޕްރޮޕަޓީއެއްގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)، ޑޮމެސްޓިކް އެއަރލައިން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގުޅުން ޕަރައިވެޓް ލިމިޓެޑް (ދިރާގު)، ސަސްޓެއިނަބަލް ފިޝަރީޒް ނުވަތަ ދެމެހެއްޓެނިވި މަސްވެރިކަމުގެ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)، އަދި ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

Advertisement

30 މެއި އިން 02 ޖޫން އަށް ބާއްވާ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރަންސް 2023 އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 60ށްވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން، ޓްރެވަލް ލިޔުންތެރިން، ނޫސްވެރިން، ބްލޮގަރުން، އިންފްލުއެންސަރުން އަދި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވާ، ދިވެހިރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މިފަދަ ކޮންފަރަންސެވެ.

މި ކޮންފަރެންސް ނިމުމުން ސޯޝަލް މީޑިއާ މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް ރާއްޖޭގެ ރީތިކަމާއި ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކޮށްލުމަށް ތަފާތު ފުރުޞަތުތައް ލިބިގެންދާނެއެވެ. މަންޓާ އާއި ވޭލް ޝާކްއާއެކު ސްނޯކްލް ކުރުމުން ފެށިގެން ވޯޓާ ސްޕޯޓްސް، ކަލިނަރީ ޓުއާސް، އައިލެންޑް ހޮޕިން އަދި ސޭންޑްބެންކް ޕިކްނިކް ފަދަ ތަޖުރިބާތައް ބައިވެރިންނަށް ލިބިގެންދާނެއެވެ. ސައިޑްލައިން ތަޖުރިބާތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ތަފާތު 8 ސަރަހައްދެއްގައެވެ. މީގެ ތެރެއިން ކޮންމެ ސަރަހައްދެއްގައި ވެސް ވަކި ސިފަތަކާއި ތަފާތު ހަރަކާތްތަކާއި ތަޖުރިބާތައް ހިމެނޭނެއެވެ. މި އިވެންޓުގެ ސޯޝަލް މީޑިއާ ރީޗް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 130 މިލިއަންއަށް އަރާނެކަމަށް ލަފާކުރެވެއެވެ. އަދި 14 މިލިއަން އެންގޭޖްމަންޓް ވެސް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް