ކ. މާލެ
|
16 މެއި 2023 | އަންގާރަ 13:23
މިނިސްޓަރު ޝާހިދު އާއި ފިލިޕީންސްގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް ބައްދަލުކުރެއްވުން
މިނިސްޓަރު ޝާހިދު އާއި ފިލިޕީންސްގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް ބައްދަލުކުރެއްވުން
ޓްވިޓަރ
ރާއްޖެ - ފިލިޕިންސް
މިނިސްޓަރު ޝާހިދު ފިލިޕީންސްގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒާ ބައްދަލުކުރައްވައިފި
ފިލިޕީންސްގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް އެންރީކޭ މަނާލޯއާ ބައްދަލުވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށް ޝާހިދު ވިދާޅުވި

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފިލިޕީންސްގެ ސެކްރެޓަރީ އޮފް ފޮރިން އެފެއާޒް އެންރީކޭ މަނާލޯއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނާ ބައްދަލުވެވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ.

ޝާހިދު ވިދާޅުވީ އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖެ އާއި ފިލިޕީންސާ ދެޤައުމުގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި މިއަހަރަކީ ރާއްޖެއާއި ފިލިޕީންސާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަން ޝާހިދު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް