Advertisement
ކ. މާލެ
|
15 މެއި 2023 | ހޯމަ 22:46
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޕޮލިސް މީޑިޔާ
ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް
އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
މައްސަލަ ބަލަނީ އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް އާއްމު ތަނެއްގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައުމާ ގުޅިގެން

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

"ރާއްޖެ އެމްވީ" އަށް މައުލޫމާތުދެމުން ފުލުހުން ބުނީ, އެފަދަ މައްސަލައެއް ފުލުހުން ބަލަންފެށީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ, އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލެއް އާއްމު ތަނެއްގައި ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައުމާ ގުޅިގެން ކަމަށެެވެ.

އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް އެ މައްސަލައިގެ ތަފްސީލު ހިއްސާކޮށްފައެއް ނުވެއެވެ.

Advertisement

ސޯޝަލް މީޑިއާގައި އާއްމު މީހަކު ޕޯސްޓްކުރި ވީޑިއޯއަކުން ދެ މީހަކު އާއްމު ތަނެއްގައި ބަދުއަހުލާގީ މަންޒަރު ހިންގާތަން ފެނެއެވެ.

އެ ވީޑިއޯގައި ބުނެފައިވަނީ އެއީ މާލޭ ސަރަހައްދުގައި ހިނގި ކަމެއް ކަމަށެވެ.

އެ ވީޑިއޯގައި ފެންނަނީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް