Advertisement
ކ. މާލެ
|
15 މެއި 2023 | ހޯމަ 07:58
ޕްރިޒަންސް
ޕްރިޒަންސް
ކަރެކްޝަންސް
ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުން
ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރުގެ ބަންދަށް 15 ދުވަސް ޖަހައިފި
ހައްޔަރު ކުރި އޮފިސަރު ވަނީ ސަސްޕެންޑުކޮށްފައި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަރެކްޝަންސްގެ އޮފިސަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މައްސަލައިގައި ޖަލު އޮފިސަރަކު ހައްޔަރު ކުރިކަން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ހާމަ ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ. މި މައްސަލައިގައި ހައްޔަރު ކުރި އޮފިސަރަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އޮފިސަރާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ. އެގޮތުން، އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަންދުކުރަން ނިންމީ، ފުލުހުން އޭނާއަށް ތުހުމަތުކުރާ ކުށް ކުރިކަމުގެ މިންވަރަށް ހެކި ލިބިފައިވާތީއެވެ. ފުލުހުން ހުށަހެޅި ބަޔާނުގައި އޭނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ޕެކެޓުތަކެއް ފެނިފައިވާކަަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement

ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އޮފިސަރު ހައްޔަރު ކުރީ އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ އެ ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި ޖަލު އޮފިސަރު މިހާރު ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފޯނާއި ޑްރަގް އަދި މަނާ ބާވަތުގެ ތަކެތި ޖަލަށް ވެއްދުމުގައި ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ބައިވެރިވުން އޮންނަ ކަމަށް އަބަދުވެސް ތުހުމަތުކުރެއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މާފުށީ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަރެކްޝަންސްގެ އޮފިސަރަކު ވެސް ހައްޔަރުކުރިއެވެ.

ކޮމިޝަނަރު ވިދާޅުވީ މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް