ކ. މާލެ
|
13 މެއި 2023 | ހޮނިހިރު 06:26
ހުޅުމާލެ
ހުޅުމާލެ
އަމްނާ އިމާދު
އެކްސިޑެންޓްވި ޒުވާނާ ނިޔާވުން
ހުޅުމާލޭގައި އެކްސިޑެންޓްވި ޒުވާނާ ނިޔާވެއްޖެ
އެކްސިޑެންޓުގައި ނިޔާވީ ހދ. ނެއްލައިދޫ، އުމުރުން 20 އަހަރުގެ އަހްމަދު ޒައިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި މިމަހުގެ 2 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި ނިޔާވީ ހދ. ނެއްލައިދޫ، އަހްމަދު ޒައިން، 20، އެވެ.

ޒައިން ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނިކޮށެވެ.

އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާދޭން ފެށިއިރު ވެސް ޒައިންގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެފައިވާއިރު ހުކުރު ދުވަހު ވެސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގައި ދުއްވާފައި ދިޔަ ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލައި، ކުޑަ ދެކުއްޖަކާއި ޑްރައިވަރަށް އަނިޔާވެފައެވެ. މިމީހުންނަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް