ކ. މާލެ
|
12 މެއި 2023 | ހުކުރު 15:09
ޖަންބޯ ދޯނި
ޖަންބޯ ދޯނި
އެމްއެންޑީއެފް
ޖަންބޯ ދޯނި ގެއްލުން
ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ: އެމްއެންޑީއެފް
ދޯނިން ދަތުރު ކުރި ދެ މީހުން ވަނީ ފެނިފައި

ޚަބަރެއް ނުވެގެން ހޯދަމުން އައި "ޖަންބޯ" ދޯނި އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ އިދާރާއިން މިއަދު ބުނީ އެ ދޯނީގައި ދަތުރުކުރި ދެ މީހުން ވެސް މިހާރު ފެނިފައިވާ ކަމަށެވެ. އެ ދެ މީހުން ކަނޑުވެފައި ވަނިކޮށް ނެގީ ސްޕީޑް ލޯންޗަކުން ކަމަށާއި ދޯނި އަޑިއަށް ގޮސްފައިވާ ކަމުގެ މައުލޫމާތު އެ ލޯންޗުގެ ކެޕްޓަނަށް އެ މީހުން ދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި ހާދިސާގައި ކަނޑުވި ދެ މީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި އެ ދެ މީހުން މިހާރު މާލެ ގެންނަ ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ޖަންބޯ ދޯނީގެ ޚަބަރެއް ނުވެގެން ބުރާސްފަތި ދުވަހު އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 18:03 އެހާއިރުއެވެ.

ދޯނި ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައދީން ލޯންޗުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި މިއަދު ހެނދުނު ޑޯނިއަރ އެއަރކްރާފްޓު ވެސް ވަނީ ދޯނި ހޯދުމުގައި ހަރަކާތްތެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް