ކ. މާލެ
|
9 މެއި 2023 | އަންގާރަ 13:07
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސްގާޒީން އައްޔަނު ކުރެއްވުން
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސްގާޒީން އައްޔަނު ކުރެއްވުން
ރާއްޖެއެމްވީ
ކޯޓުތަކުގެ އިސްގާޒީން
ކްރިމިނަލް ކޯޓުގެ އިސްގާޒީއަކަށް އާދަމް، ސިވިލް ކޯޓުގެ އިސްގާޒީއަކަށް ނިމާލް ޖުނައިދު
ދެ މަޤާމަށް ކުރިމަތިލީ ފަރާތްތަކާ ވަނީ އިންޓަރވިއުކޮށްފައި
2023 މޭ 09 ވަނަ ދުވަހު އެ ފަރާތްތަކަށް ވަނީ ފަތްކޮޅު އަރުވާފައި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިސްގާޒީން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) އައްޔަނުކޮށްފިއެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލުމަށް ކޮމިޝަނުން ކޮށްފައިވާ 02 އިޢުލާންގެ ދަށުން މި ދެ މަޤާމަށް ކުރިމަތިލީ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން ވަނީ އިންޓަރވިއު ކޮށްފައެވެ.

ކޮމިޓީން އިންޓަރވިއު ކުރުމަށްފަހު ކްރިމިނަލް ކޯޓުގެ އިސްޤާޒީ ކަމަށް ހަމަޖެއްސުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވަނީ ޅ.ހިންނަވަރު، މާތިލަ، އަލްއުސްތާޛު އާދަމް މުޙައްމަދުއެވެ.

އަދި ސިވިލް ކޯޓުގެ އިސްޤާޒީ ކަމަށް ހަމަޖެއްސުމަށް ކޮމިޝަނަށް ލަފާއަރުވާފައިވަނީ ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ.

އެ ދެބޭފުޅުން އިސްގާޒީކަމަށް ހަމަޖެއްސުމަށް 2023 މޭ 03 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމައި، 2023 މޭ 09 ވަނަ ދުވަހު ވަނީ ފަތްކޮޅު އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް