ކ. މާލެ
|
9 މެއި 2023 | އަންގާރަ 12:21
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުން
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުން
އެމްޓީސީސީ
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުން
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި
މިއީ 19.13 މިލިއަން ރުފިޔާގެ މަޝްރޫއެއް

ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ 19.13 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 894,18 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

Advertisement

757 މީހުންގެ އާބާދީގެ ތ. ގާދިއްފުށްޓަކީ އިހުގައި މަސްވެރި ރަށެއް ނަމަވެސް މިހާރު މަސްވެރިކަން އެއްކޮށްހެން ހުއްޓިފައި އޮތް ރަށެކެވެ. ރަށުގެ ބޮޑު އާބާދީއެއް ވެރިރަށް މާލެއަށް ހިޖުރަކޮށްފައިވުމާއެކު، ގިނަ ފަރާތްތައް އުޅެނީވެސް މާލެ ވަޒީފާތަކުގައި ނޫނި ފަތުރުވެރިކަމުގެ ދާއިރާގައި އެކިއެކި ރިސޯޓްތަކުގައެވެ. މި ރަށުގައި މާ ބޮޑު ދަނޑުވެރިކަމެއް ނެތްނަމަވެސް ބައެއް ގެތަކުގެ ގޯތިތެރޭގައި ދަނޑުހައްދައިގެން އުޅެއެވެ. ހަމައެހެންމެ ފަރުމަސްވެރިކަން ކޮންމެވެސް ވަރަކަށް ކުރާ ޑިންގީ އަދި ލޯންޗުފަހަރުވެސް ރަށުގައި އޮވެއެވެ.

މީގެ އިތުރުން މި ރަށު ރައްޔިތުން އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ ފަން ވިޔެގެންނެވެ. ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި މި ރަށުގެ ހުރިހާ އާއިލާ އެއްހެން ފަންވިޔެގެން އާމްދަނީ ހޯދައެވެ. ނަމަވެސް، މި ރަށުގެ ރައްޔިތުންގެ ވަރަށް ޒަމާންވީ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އެއީ، ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ގާދިއްފުށްޓަކީވެސް ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށަކަށްވުމެވެ. އެގޮތުން މި ރަށް ވަށައިގެން ބަލައިލިއަސް ފެންނަނީ ރަށްގިރުމުގެ ހިތާމަވެރި މަންޒަރެވެ. މި ރަށުގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ރަށުގެ ތުނޑީކޮޅު ސަރަހައްދުންނެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ.

މި މަސައްކަތް ނިމުމާއެކު ގާދިއްފުށީގެ ތުނޑީކޮޅު ސަރަހައްދު ވަނީ ހިމާޔަތްކުރެވިފައިކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މިއީ ގާދިއްފުށީ ރައްޔިތުންގެ ޒަމާންވީ ތަކުލީފުތަކަށް ހައްލެއް ލިބިގެންދިޔަ ކަމެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް