ކ. މާލެ
|
7 މެއި 2023 | އާދީއްތަ 17:28
ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
ސިފައިންގެ މީހުންނަށް ލިބޭ ބޭސް ފަރުވާ
ވަކި ރޭންކެއް ނެތި ސިފައިންގެ އާއިލާގެ މެންބަރުންނަށް ބޭސްފަރުވާގެ ކަންކަން އުސޫލާ އެއްގޮތަށް ހަމަޖެހޭނެ: އެމްއެންޑީއެފް
ޑޮކްޓަރަށް ދެއްކުމާއި އެޑްމިޓްކޮށްގެންދެވޭ ފަރުވާތައް ހިމެނޭ
އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށް ނުދޭނެ

ސިފައިންނާއި ސިފައިންގެ މީހާގެ އާއިލާގެ މެމްބަރުންގެ ބޭސްފަރުވާކުރުމުގެ ކަަންކަމަކީ ވަކިރޭންކެއް އިސްތިސްނާ ކުރުމެއްނެތި ތަފާތުކުރުމެއްނެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދެވެމުން އަންނަ ޚިދުމަތެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނާއި ސިފައިންގެ މީހުންގެ އާއިލާގެ މެމްބަރުން (އަނބި/ފިރި، ދަރިން، އަދި މައިންބަފައިން)ނަށް ބޭސްފަރުވާކުރުމުގެ ކަަންކަމަކީ ވަކިރޭންކެއް އިސްތިސްނާ ކުރުމެއްނެތި ތަފާތުކުރުމެއްނެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދެވެމުން އަންނަ ޚިދުމަތެއް ކަމަށެވެ.

މީގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި އެޑްމިޓްކޮށްގެންދެވޭ ފަރުވާތައް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނާ ސިފައިންގެ އާއިލާގެ މެމްބަރުންނަށް ބޭސްފަރުވާގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން އެއްވެސް ފަރާތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށް ނުދޭ ކަމަށެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިމިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ މަންމަގެ ބޭސްފަރުވާއަށް އެމްއެންޑީއެފުން 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރާއްޖޭގެ މީޑިއާކުން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. އެ ޚަބަރުގައި ބުނެފައިވަނީ ފާއިތުވި 3 އަހަރު އެކި ފަހަރުމަތިން ޝަމާލުގެ މަންމަ އޭޑީކޭގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވާ ކަމަށެވެ. އަދި ޝަމާލުގެ މަންމަ އެޑުމިޓްކޮށްފައި އޮންނަނީ އޭޑީކޭގެ އެންމެ އަގުބޮޑު ކޮޓަރީގައި ކަމަށާއި، ޑިއުޓީގައި ބައިތިއްބާފައި ތިބެނީ ސިފައިންް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް