Advertisement
ކ. މާލެ
|
7 މެއި 2023 | އާދީއްތަ 07:08
އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ (ވ)
އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ (ވ)
ރައީސް އޮފީސް
ޗާލްސް 3 ތަޚުތުގައިވެޑުވުން
ރަސްގެފާނު ޗާލްސް 3 ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
މި އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައި
މި އިހުތިފާލުގައި 2,200 ގިނަ އަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި
ގައުމުތަކުގެ އިސްވެރިން ވަނީ މި އިހުތިފާލުގައި ބައިވެރިވެވަޑައިގެންފައި

އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

2,200 ގިނަ އަށްވުރެ ގިނަ ޢިތްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލު ބާއްވަވާފައި ވަނީ ލަންޑަންގެ ވެސްޓްމިންސްޓަރ އެބީގައެވެ.

މި އިޙްތިފާލުގައި ބައިވެރިވެވަޑައިގެންވި ޢިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުންނާއި 203 ޤައުމެއްގެ މަންދޫބުން ހިމެނިވަޑައިގަންވައެވެ. އޭގެ ތެރޭގައި ކޮމިއުނިޓީ އަދި ޗެރިޓީ ޗެމްޕިއަނުންނާއި އަދި ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންނާއި އެހެނިހެން ޤައުމުތަކުގެ އިސްވެރިން ވެސް މިއިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންގހަމް ޕެލެސްއިން، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމީ އިޙްތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ ޢިއްޒަތުގައެވެ.

ހިޒް މެޖެސްޓީ ކިންގް ޗާލްސް 3ވަނަ އުފަންވެވަޑައިގެންނެވީ 1948 ގައެވެ. ކުރިން ޕްރިންސް އޮފް ވޭލްސް އަދި މިހާރު ކިންގް ޗާލްސް3 ވަނައަށް ރަސްކަން ވާރުތަވެވަޑައިގެންނެވީ 1952 ވަނަ އަހަރު ރާނީ އެލިޒަބަތު 2ވަނަ ތަޚުތުގައިވެޑުވުމާއި ހަމައިންނެވެ. އެއަށްފަހު، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު، ރާނީ އެލިޒަބަތު 2ވަނަ އަވަހާރަވެވަޑައިގެންނެވުމާއި ގުޅިގެން ރަސްކަމުގެ ތަޚުތާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއެވެ. އަދި ހޮނިހިރު ދުވަހު ބޭއްވި ކިންގް ޗާލްސް 3ވަނަ ތަޚުތުގައިވެޑުވުމުގެ އިޙްތިފާލުގައި، ކުރީގެ ހަރ ރޯޔަލް ހައިނަސް ޑަޗަސް އޮފް ކޯންވޯލް މިހާރުގެ ހަރ މެޖެސްޓީ ކުއީން ކެމީލާ ވެސް ތަޚުތުގައިވެޑުވުން އޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް