Advertisement
ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 20:33
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލި މީހާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލި މީހާ
ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލި މީހާ ފެނިއްޖެ
އޭނާ ފެނުނީ 18:35 އެހާކަންހާއިރު، އއ. ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލި މީހާ ފެނިއްޖެއެވެ.

ފުލުހުން އެކަން ހާމަކުރީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ފެނުނީ 18:35 އެހާކަންހާއިރު، އއ. ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ކަަމަށާއި އޭނާގެ ހާލު ރަނގަޅުކަަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ފިލާފައިވަނީ، އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފިލީ އޭނާ ހުރި ގޮޅިން ނެރެފައި ހުއްޓައި، ހުކުރު ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

Advertisement

ފުލުހުންގެ ބެލުމުގެ ހުއްޓައި ފިލާފައި ވަނީ އއ. ހިމަންދޫ /ދަބުގެ، ހުސައިން ޝަހުބާން (25އ)އެވެ.

ފުލުހުން ބުނީ އެމީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. މީގެ އިތުރުން، ފިލައިގެން ދިޔަ މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްޗެއް ގެންގޮސްފައިވާކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

ހުސައިން ޝަހުބާނާގުޅޭ މައުލޫމާތު ހިއްސާކުރުމަށް އެދި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ޝެއާރކޮށްދިން އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް