ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 18:38
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލި މީހާ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލި މީހާ
ޕޮލިސް
ފިލި މީހަކު ހޯދުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލި މީހަކު ހޯދަން ފަށައިފި
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ރަސްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791394 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111ށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިލަލި މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ފިލާފައި ވަނީ، އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފިލީ އޭނާ ހުރި ގޮޅިން ނެރެފައި ހުއްޓައި، ހުކުރު ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ހުއްޓައި ފިލާފައި ވަނީ އއ. ހިމަންދޫ /ދަބުގެ، ހުސައިން ޝަހުބާން (25އ)އެވެ.

ފުލުހުން ބުނީބއެމީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ފިލައިގެން ދިޔަ މީހާ ރަސްދޫ ޕޮލިސް ސްޓޭޝަނުން އެއްޗެއް ގެންގޮސްފައިވާކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ރަސްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791394 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111ށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް