ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 13:31
އާސަހަރާ
އާސަހަރާ
ދަ އެޑިޝަން
އާސަހަރާ ތަރައްގީކުރުން
އާސަހަރާ ތަރައްގީކުރަނީ ޕްރައިވެޓް ވެއިޓިން ރޫމް ހިމެނޭ ގޮތަށް
އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމަށް ކައުންސިލުން ވަނީ ނިންމާފައި
އޭސީ ކުރެވިފައިވާ ބޮޑު ވެއިޓިން ލައުންޖަކާ ޕްރައިވެޓް ރޫމްގޮތަށް ކުޑަ ދެތިން ވެއިޓިން ރޫމް ހަދަން ނިންމާފައިވޭ

އާސަހަރާ ތަރައްގީކުރަނީ މަޑުކޮށްލައިގެން ތިބެވޭ ގޮތަށް، އޭސީ ކުރެވިފައިވާ ބޮޑު ވެއިޓިން ލައުންޖަކާ ޕްރައިވެޓް ރޫމްގޮތަށް ކުޑަ ދެތިން ވެއިޓިން ރޫމް ހިމެނޭ ގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ޒަމާންތަކަށްފަހު މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހަތަރުވަނަ ދައުރުގެ ކައުންސިލުން ވަނީ ނިންމާފައެވެ. މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެތަން ތަރައްގީކުރެވިގެންދާއިރު ރައްޔިތުންނަށް ލުއިފަސޭހަވާނެ ކަމަށެވެ.

އާސަހަރާ މަރާމާތުކުރުުގެ މަސައްކަތް ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި މަރާމާތު ކުރަން ނިންމާފައިވަނީ އާސަރާގެ އަންހެނުން ނަމާދު ކުރާ ސަރަޙައްދު ބޮޑު ކުރުމަށާއި އަދި ސަރަހާއަށް ގޮސްތިބޭ މީހުން މަޑުކޮށްލާނެ "ވެއިޓިންގ އޭރިއާ" އެއް ޤާއިމު ކުރުމަށެވެ.

މޭޔަރ ވިދާޅުވީ އާސަހަރާ ބަލަހައްޓާ ފަރާތަކީ ކައުންސިލުންކަމަށް ވާއިރު، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަންދީ ސަހަރާ ރަނގަޅަށް އަޕްގްރޭޑް ކުރެވިގެން ދާންޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ސަހަރާ ތަރައްޤީ ކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވަނީ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެން ބޭފުޅުންނަށް ޙާއްޞަކޮށް ވުޟޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އަދި ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އަކާއި އެކުގައިކަމަށް މޭޔަރު ވިދާޅުވިއެވެ.

Advertisement

އެގޮތުން ސަހަރާ އަކީ ކޮންމެ އާއިލާއަކަށް އަދި މީހަކަށް ދިމާވާ ހިއްދަތި ވަގުތު ހޭދަކުރާތަން ކަމަށްވެފައި، ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަންދީ ސަހަރާ ރަނގަޅަށް އަޕްގްރޭޑް ކުރެވިގެން ދާންޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މޭޔަރ ވިދާޅުވީ އެތައް ޒަމާންތަކެއް ވަންދެން ކައުންސިލް ހިނގަމުން އައިނަމަވެސް އާސަހަރާއޮތީ އަޅާނުލާ ދޫކޮށްލެވިފައި ކަމަށާއި، އެތަން މަރާމާތުނުކޮށް ހުރުމުގެ ސަބަބުން އެތައް އާއިލާތަކަށް ލިބޭ އެންމެ ހިތްދަތި އަދި ހިތާމަވެރި ވަގުތުގައި އުޅެންޖެހިފައިވަނީ ދަތި ޙާލުގައިކަމަށެވެ.

މޭޔަރު ވިދާޅުވީ އާއިލާއަށް ލިބޭ އެންމެ ހިތްދަތި އަދި ހިތާމަވެރި ވަގުތުގައި އުޅެން ޖެހެނީ ހާލުގައި ކަމަށާއި، މަޑުކޮށްލައިގެން ތިބެންޖެހެނީ އެތާގެ ގާފޮޅު މަތީގަ ނުވަތަ ފާރުގަ ލެގިލައިގެން ކަމަށެވެ. އަދި ހިތްހަމަޖެހޭ ގޮތަކަށް އެތާގަ ނުތިބެވޭ ކަމަށާއި، މަޑުކޮށްލައިގެން ތިބެވޭ ގޮތަށް، އޭސީ ކުރެވިފައިވާ ބޮޑު ވެއިޓިން ލައުންޖަކާ ޕްރައިވެޓް ރޫމްގޮތަށް ކުޑަ ދެތިން ވެއިޓިން ރޫމް ހަދަން ނިންމާފައިވާ ކަމަށް މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

މޭޔަރ އިތުރަށް ވިދާޅުވީ މިކަން ކުރަނީ މިހާރު ހުރި އިމާރާތުގެ މައްޗަށް ބައެއް އިތުރުކޮށްގެން ކަމަށާއި، މީހުން ވަޅުލާފަވާ ސަރަޙައްދު ކޮނުންފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެށޭ ހަފްތާގައި ޢިއުލާނު ކުރާނެ ކަމުގެ ޔަޤީންކަން މޭޔަރ ވަނީ ދެއްވާފައެވެ.

އާސަހަރާ މަރާމާތު ކުރުމަށް ނިންމާފައިވާއިރު، މާލެ ސިޓީ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ރިވެތި އިރުޝާދު ދޭ ބޯޑު ހަރުކުރުމުގެ މަސައްކަތުގެ ދަށުން އާސަހަރާގައި ވަނީ ބޯޑުވެސް ހަރުކޮށްފައެވެ. މީގެ އިތުރުން ކަށުނަމާދާއި ގުޅޭ މަޢުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުޢާތަކާއި ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލާ ނަސޭހަތް ޖަމިއްޔާ ގުޅިގެން ފުރަތަމަ ފަހަރަށް އާސަހަރާގައި ވަނީ ސްކްރީން ވެސް ހަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް