ކ. މާލެ
|
5 މެއި 2023 | ހުކުރު 17:06
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ގޫގުލް
ޖިންސީ ގޯނާގެ ތުހުމަތު
ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 38 އަހަރުގެ ދިވެހި ފިރިހެނެއް
ބަންދުގެ މުއްދަތަށް 30 ދުވަސް ކޯޓުން ވަނީ ޖަހާފައި
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ދެކުނުގެ އަތޮޅުތަކުގެ ތެރެއިން، މ، ފ، ދ، ތ އަދި ލ. އަތޮޅުގެ ސަރަހައްދުގައި ހިމެނޭ ރަށެއްގައި ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް އޭޕްރީލް 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މެއި 2 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 30 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ހައްޔަރުކޮށްފައިވަނީ ސްކޫލުގައި ކިޔައިވައިދޭ ޓީޗަރެކެވެ. މީގެ ކުރިން ވެސް އެކަހަލަ ތުހުމަތުތަކެއް އެޓީޗަރަށް ކުރެވުނު ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ. އޭނާގެ މައްޗަށް ކުރަނީ ކުޑަކުދިންތަކަކާ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް