ކ. މާލެ
|
5 މެއި 2023 | ހުކުރު 16:23
އިނގިރޭސި ސަރުކާރުން ދެއްވި ފަރިއްކޮޅުގެ ތެރެއިން
އިނގިރޭސި ސަރުކާރުން ދެއްވި ފަރިއްކޮޅުގެ ތެރެއިން
ރައީސް އޮފީސް
އިނގިރޭސި ސަރުކާރުން ދެއްވި ފަރިއްކޮޅު
އިނގިރޭސި ސަރުކާރުގެ ފަރާތުން ދެއްވި ހެނދުނުގެ ފަރިއްކޮޅުގައި މިނިސްޓަރު ޝާހިދު
މިއީ ސިޑްސްގެ 4 ވަނަ ބައްދަލުވުން ކާމިޔާބުކަމާއެކު ބޭއްވުމަށް ބޭއްވި ފަރިއްކޮޅެއް
ފަރިކޮޅު ބާއްވާފައިވަނީ ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސް ގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޕާޓްނަރުން އަދި ބައިނަލްއަގުވާމީ ޖަމުއިއްޔާ ޖަމާއަތްތަކުގެ މަންދޫބުންނަށް އިނގިރޭސި ސަރުކާރުގެ ފަރާތުން ހުކުރު ދުވަހު ދެއްވި ހެނދުނުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެވެރިޔާ އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ލަންޑަނުގެ ލެންކަސްޓަރ ހައުސްގައި ބޭއްވި ހެނދުނުގެ ފަރިއްކޮޅަކީ ސިޑްސްގެ 4 ވަނަ ބައްދަލުވުން 2024 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވުމަށް އިނގިރޭސި ސަރުކާރުންދޭ އިސްކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ފަރިއްކޮޅެކެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން މިހާރު ތިއްބެވީ އިނގިރޭސިވިލާތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް