Advertisement
ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 14:43
އެމް ސަވާރީ ބޯޓުގެ ފަޅުވެރިން ކޯސްޓު ގާޑަށް ނަގަނީ
އެމް ސަވާރީ ބޯޓުގެ ފަޅުވެރިން ކޯސްޓު ގާޑަށް ނަގަނީ
އެމްއެންޑީއެފް
ސަވާރީ ބޯޓު އަޑިއަށްދިޔުން
ސަވާރީ ބޯޓު: 6 މީހުން ސަލާމަތްކޮށްފި، ބޯޓު އަޑިއަށް!
ބޯޓުގައި ދިވެހިންނާއި ބިދޭސީން ވެސް ތިބި
މި އުޅަނދުގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ކ. ގުރައިދޫ އިރުން 10 ނޯޓިކަލް މޭލު ބޭރުން

ގެއްލިގެން ހޯދަމުންދާ "އެމް ސަވާރީ" ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށާއި، އޭގަ ތިބި 6 މީހުން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިއީ ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ. ފެލިދޫއަށް ދަތުރުކުރި ބޯޓެއް ކަމަށެވެ. މި ބޯޓް ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ބުރާސްފަތި ދުވަހުގެ ހެނދުނު 06:30 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ.

Advertisement

މި އުޅަނދުގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ކ. ގުރައިދޫ އިރުން 10 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން ކޮށްފައިވެއެވެ.

އެމްއެންޑިއެފުން ބުނީ އެމް ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ބިދޭސީންނާއި ދިވެހިން ވެސް ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބޯޓު ގެއްލިފައިވާ ސަރަހައްދު - އެމްއެންޑީއެފް

މިމީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ. މި 6 މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅެވެ. ދަތުރުކުރި ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް