ކ. މާލެ
|
28 އޭޕްރިލް 2023 | ހުކުރު 22:37
އިން ވަކިކުރުމުގެ މައްސަލައިގައި ހޯދި ކާމިޔާބީއާއި ގުޅޭގޮތުން ރައީސް ޞާލިހް ވާހަކަފުޅުދައްކަވަނީ
އިން ވަކިކުރުމުގެ މައްސަލައިގައި ހޯދި ކާމިޔާބީއާއި ގުޅޭގޮތުން ރައީސް ޞާލިހް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
އީއީޒެޑް ބެލެހެއްޓުން
ދެކުނުގެ އީއިޒެޑް ބެލެހެއްޓުމުގެ މަސައްކަތް ފަށައިފި
އީއީޒެޑް ބެލެހެއްޓުން ކޯސްޓު ގާޑުން، ރާއްޖޭގެ އުތުރުގައި މިހާރުވެސް އީއީޒެޑް ބަލަހައްޓާގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނު
ކަމާއިގުޅުންހުރި މިނިސްޓްރީތަކުން މި ސަރަހައްދުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމުގައި މިހާރުން ފެށިގެން ކަންކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު

ރާއްޖޭގެ ދެކުނުގެ އީއީޒެޑް ބެލެހެއްޓުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަފުޅުއްދަކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ އިޓްލޮސްގައި، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅިގެން ދިއުމާއި ގުޅިގެން އެ ނިންމުމާއި ގުޅިގެން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އިޓްލޮސްގައި އެ ނިމިގެންދިޔަ ނިމުމާ އެއްގޮތަށް ދިވެހިރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމާއި ގުޅިގެން އަމަލުކުރާނެ ގޮތްތަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

އެގޮތުން ފުރަތަމަ ކަމަކަށް އެ އީއީޒެޑް ބެލެހެއްޓުން ކޯސްޓު ގާޑުން، ރާއްޖޭގެ އުތުރުގައި މިހާރުވެސް އީއީޒެޑް ބަލަހައްޓާގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނު ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ކަމާއިގުޅުންހުރި މިނިސްޓްރީތަކުން މި ސަރަހައްދުގައި ދިވެހިރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމުގައި މިހާރުން ފެށިގެން ކަންކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނު ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދު ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ކަނޑައެޅިފައި އެބައޮތް ކަމަށެވެ. އެއީ ރާއްޖޭގެ ކޯސްޓަލް އެޖުން ފެށިގެން 12 ނޯޓިކަލް މޭލު ގޮތުގައި ކަނޑައެޅިފައި އެބައޮތް ކަމަށާއި، އޭގެ އިތުރުން ހާއްސަ އިގްތިސާދީ ސަރަހައްދު ކޮންމެ ގައުމަކަށް ވެސް އެބަ ލިބޭ ކަމަށެވެ. އެގޮތުން ރާއްޖެގެ އުތުރާއި، އިރު އުތުރާއި ހުޅަނގުން ހާއްސަ އިގްތިސާދީ ސަރަހައްދު ވަނީ ކަނޑައެޅިފައި ކަމަށާއި، ރާއްޖޭގެ އުތުރާއި އިރު އުތުރުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅިގެން ދިޔައީ 1976 ވަނަ އަހަރު ކަމަށެވެ.

އެހެންނަމަވެސް ދެކުނުގެ ސަރަހައްދު މިހާތަނަށް އައި އިރުވެސް އޮތީ ކަނޑަނޭޅި. ދެކުނުގައި 200 ނޯޓިކަލް މޭލް ރާއްޖެއިން މިން އަޅާ އިރުގައި މޮރިޝަސްގެ ސަރަހައްދާ ފުށުއަރާ ބައެއް އެބައޮވޭ. މިއަދު ނިމިގެން އެ ދިޔައީ އެ ސަރަހައްދާ ބެހޭގޮތުން ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ އެއްގޮތަށް ކަނޑައަޅަންޖެހޭ ކަނޑައެޅުން. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވަނީ ބައިނަލްއަގުވާމީ މުއާހަދާއެއްކަމުގައިވާ އަންކްލޯސްޑްގައި ބައިވެރިވެފައި. އޭގައިވާގޮތުން އެއްވެސް ސަރަހައްދެއްގެ އީއީޒެޑް ފުށުއަރާނަމަ އެ ސަރަހައްދެއް މި ބަހަނީ މެދުން ހަމައަށް ވާގޮތަށް. އެ އަޅުގަނޑުމެން ވަނީ ބައިވެރިވެ ރައްޔިތުންގެ މަޖިލީހުން ރުހުންދީ 2000 ވަނަ އަހަރު ވަނީ ތަންފީޒުކުރަން ފަށާފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ އިޓްލޮސްގައި ނިމިގެންދިޔަ ދިއުމަކީ ގާނޫނީ ހަމަތަކާ މިންތަކުގެ ތެރެއިން ރާއްޖޭގެ އިންވަކިވެެގެން ދިއުން ކަމަށެވެ. ރާއްޖެއަކީ ބައިނަލްއަގުވާމީ ހަމަތަކާއި މިންތަކާ އެއްގޮތަށް އިން ވަކިވެފައިވާ ގައުމަކަށް ބަދަލުވެގެން ގޮސްފިކަމަށާއި، ރާއްޖޭގެ ބަންޑާރަ ނައިބާ ގާނޫނީ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެބޭފުޅުން މަސައްކަތް ކުރީ މި މައްސަލަ އައުމާއެކީގައި ވަޒީރުންގެ މަޖިލީހަށް މި މައްސަލަ ގެނެސް ލަފާދީފައިވާ ގޮތަށް ކަމަށެވެ. އަދި މިއީ ރާއްޖެއަށާއި ރައްޔިތުން އަދި ސަރުކާރަށް ލިބުނު ރަނގަޅު ކާމިޔާބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް