Advertisement
ކ. މާލެ
|
8 ޖުލައި 2017 | ހޮނިހިރު 12:36
އޭޑީކޭ ޕާކިން ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
އޭޑީކޭ ޕާކިން ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ރާއްޖެ އެމްވީ
އޭޑީކޭ ޕާކިން ސިސްޓަމް
އޭޑީކޭ ޕާކިން ސިސްޓަމުގެ މިހާރު ދަނީ ފިނިޝިން މަސައްކަތްތައް!
މިއީ ފަސް ބުރީގެ ޕާކިން ސިސްޓަމެއް
ހަތަރުފުރޮޅުލީ 19 އުޅަނދު ޕާކް ކުރެވޭނެ
އެތަނުގެ ހިދުމަތް މި މަހު ދެވޭނެ

އޭޑީކޭގައި ގާއިމް ކުރާ ޕާކިން ސިސްޓަމުގެ މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށާއި މި ޕާކިން ސިސްޓަމުގެ ސްޓްރަކްޗަރގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިންމާލެވިފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެފި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހްމަދު އަފްއާލް ވިދާޅުވި، އޭޑީކޭގައި ގާއިމްކުރާ ޕާކިން ސިސްޓަމްގެ ފިނިޝިން މަސައްކަތް ކުރިއަށްދާ އިރު މަސަައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިމަހުގެ ތެރޭގައި އެތަނުގެ ހިދުމަތް ދެވޭ ވަރުވާނެ ކަމަށް އަފްއާލް ވިދާޅުވި އެވެ.

ފަސް ބުރީގެ މި  ޕާކިން ސިސްޓަމްގައި  ހަތަރު ފުރޮޅުލީ 19 އުޅަނދު ޕާކް ކުރެވޭނެ އެވެ.

މި ފަދަ ސިސްޓަމެއް ގާއިމް ކުރީ، އެ ސަރަހައްދުގައި މިހާރަށް ވުރެ ރަގަޅަށް ވެހިކަލް ޕާކު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށްއޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ، ވެހިކަލް ޕާކު ކުރާ މި ސިސްޓަމުގައި ޕާކު ކުރާނީ، އެތަނުގެ ސްޓާފުންގެ ވެހިކަލް ކަމެއް ނުވަތަ، ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ވެހިކަލް ކަމެއް އަދި ކަނޑަނޭޅޭ ކަމަށެވެ.

ޕާކިން ސިސްޓަމް އެތުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ އިރު މި ސިސްޓަމް ބަހައްޓަނީ، ކުރިން އޭޑީކޭ އެމްބިއުލެންސް ޕާކުކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގަ އެވެ.

އޭޑީކޭއިން ޕާކިން ސިސްޓަމެއް ގާއިމްކޮށްފައިވާއިރު ވެލާނާގޭ ސަރަހައްދުގައި ބެހެއްޓިފައިވާ އޮޓަމޭޓަޑް ޕާކިން ސިސްޓަމްގެ ބޭނުން މިހާރު ވަނީ ކުރަން ފަށާފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި 20 މެކޭނިކަލް ޕާކިން ސިސްޓަމް ގައިމް ކުރާނެ ކަމަށް ހައިސިން މިނިސްޓްރީން ވަނީއިއުލާނުކޮށްފަ އެވެ. މީގެ ކޮންމެ ސިސްޓަމެއްގައި 10 ކާރަށް ޕާކު ކުރެވޭ އިރު ސައިކަލް ޕާކު ކުރާ މިފަދަ ސިސްޓަމެއްގައި 100 ސައިކަލް ޕާކް ކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް