Advertisement
ކ. މާލެ
|
26 އޭޕްރިލް 2023 | ބުދަ 14:56
ޕީޕީއެމް ޕީއެންސީން ޖޭއެސްސީއާ ބައްދަލުކުރުން
ޕީޕީއެމް ޕީއެންސީން ޖޭއެސްސީއާ ބައްދަލުކުރުން
ޖޭއެސްސީ
ޔާމީނުގެ ޝަރީއަތް
ޔާމީނުގެ ޝަރީއަތާ ގުޅޭ ކަންބޮޑުވުންތައް ހިފައިގެން އިދިކޮޅު ކޯލިޝަނުން ޖޭއެސްސީއަށް
އިދިކޮޅު ލީޑަރޝިޕްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވޭ
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް ކްރިމިނަލް ކޯޓުގައިވެސް ކުރިއަށްދޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތާ ބެހޭ ގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ބުދަ ދުވަހު ޖޭއެސްސީގައެވެ.

މި ބައްދަލުވުމުގައި އިދިކޮޅު ލީޑަރޝިޕްގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ. އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ޕީއެންސީގެ ނައިބްރައީސް އަބްދުއްރަޙީމް އަބްދުﷲ، ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ގައްސާން މައުމޫނުވެސް ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީން ބުނީ، މި ބައްދަލުވުމުގައި ޔާމީނުގެ ޝަރީއަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އެ ފަރާތްތަކުން ކޮމިޝަނާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

Advertisement

އޭގެ ތެރޭގައި ޝަރީއަތް ހިނގަމުން ދިޔައިރު އިސްގާޒީ ޝަކީލު ޙުކުމް ކިޔުއްވާ މަންޒަރު ޓީވީން ނުފެނުމާއި، ޝަރީއަތުގެ ޔޫޓިއުބް ލިންކް ފަހުން ޑިލިޓުވި މައްސަލައާއި، ޝަރީއަތް ނިންމި ގޮތުގެ ޚުލާސާ ރިޕޯޓު ލިބުން ލަސްވިކަމުގެ ކަންބޮޑުވުން ހިމެނެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް ކްރިމިނަލް ކޯޓުގައިވެސް ކުރިއަށްދެއެވެ. އެއީ ރ އަތޮޅު ފުއްގިރި ހިޔާނާތުގެ މައްސަލައިގައި އުފުލާފައިވާ 2 ދައުވާއެކެވެ. އެ ދައުވާ މިހާރު އޮތީ ޝަރީއަތް ފަށައި ހެކިބަސް ނެގުމުގެ މަރުޙަލާގައެވެ.

އޭގެ އިތުރުން، ވ އާރަށު ހިޔާނާތުގެ މައްސަލައިގައި އިއްވާފައިވާ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުވެސް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް