Advertisement
ކ. މާލެ
|
26 އޭޕްރިލް 2023 | ބުދަ 12:42
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
ކޮރަޕްޝަންގެ މައްސަލަތައް
މިދިޔަ އަހަރު އޭސީސީގައި ރަޖިސްޓްރީ ކުރި މައްސަލަތައް އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ދަށް
ފާއިތުވި އަހަރުތަކުގައި ކޮމިޝަނަށް ހުށައެޅި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތަކުގެ އަދަދުތައް ވަނީ ހާމަކޮށްފައި
2018 ވަަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ 930 މައްސަލަ
ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދުތައްވެސް އޭސީސީން ވަނީ ހާމަކޮށްފައި

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ރަޖިސްޓްރީ ކުރި މައްސަލަތައް އޭގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ދަށްކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޭސީސީން ވަނީ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ފާއިތުވި އަހަރުތަކުގައި ކޮމިޝަނަށް ހުށައެޅި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތަކުގެ އަދަދުތައް ހިމެނެއެވެ.

އެގޮތުން ބަލާއިރު، 2018 ވަަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވަނީ 930 މައްސަލައެވެ. 2019 ވަނަ އަހަރު 1397 މައްސަލަ، 2020 ވަނަ އަހަރު 938 މައްސަލަ، 2021 ވަނަ އަހަރު 782 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ނިމިދިޔަ 2022 ވަނަ އަހަރު އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވަނީ 486 މައްސަލައެވެ. އެއީ ފާއިތުވި 5 އަހަރުގެ ތެރޭގައި އެންމެ މަދުން އޭސީސީގައި މައްސަލަތައް ރަޖިސްޓްރީވި އަހަރެވެ.

Advertisement

ހަމައެއާއެކު، ކޮރަޕްޝަންގެ މައްސަލަތަކުގެ، ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދުތައްވެސް އޭސީސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ނިމިދިޔަ އަހަރު 35 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމަނާފައިވާއިރު، 2021 ވަނަ އަހަރު އެ އަދަދު ހުރީ 2 މިލިއަނުގައެވެ.

ފާއިތުވި 4 އަހަރު އެ އަދަދު އެންމެ މަތިވެފައިވަނީ 2019 ގައެވެ. އެއީ 190 މިލިއަން ރުފިޔާއެވެ.

އޭސީސީން ބުނީ މިދިޔަ އަހަރު 35 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން އެދުނުނަމަވެސް، އަނބުރާ ހޯދިފައިވަނީ 248،657.70 (ދެލައްކަ ސާޅީސް އަށްމިލިއަން ހަސަތޭކަ ފަންސާސް ހަތްރުފިޔާ، ހަތްދިހަ ލާރި) ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް