ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 15:13
ހދ ހަނިމާދޫ މަގެއްގައި ތާރުއަޅާފައި
ހދ ހަނިމާދޫ މަގެއްގައި ތާރުއަޅާފައި
އެމްޓީސީސީ
ހަނިމާދޫ މަގުހެދުން
ހަނިމާދޫ މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީން އެއްކޮށް ނިންމާލައިފި
ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއަކީވެސް 28 މިލިއަން ރުފިޔާގެ މަޝްރޫއެއް
ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރު

ހދ ހަނިމާދޫ މަގުހެދުމުގެ މަޝްރޫއު އެ މަސައްކަތާ ޙަވާލުވި އެމްޓީސީސީން އެއްކޮށް ނިންމާލައިފިއެވެ.

ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތުގެ ސްފީޑް ލަސްވެ، ކުރިއަށް ނުދާތީ ސަރުކާރުން އަލުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރިއެވެ. 22 މެއި 2019 އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވާއިރު، އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށު ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ. އެ މަޝްރޫއުގެ ދަށުން ހަނިމާދޫގެ 18 މަގެއް ވަނީ ތާރުއަޅައިގެން ތަރައްގީކޮށްފައެވެ. އެއީވެސް 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން ވެހިކަލްތައް ދުއްވުމަށް ހާއްސަކޮށްގެން 38،916 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމުގެ އިތުރުން، ހިނގާ މީހުންނަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާފައިވެއެވެ.

އަދި މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ގާއިމުކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ގާއިމުކުރުމާއި، މީގެ އިތުރުން، މަގުބައްތި ހަރުކުރުމާއި، 19،679 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ޓްރެފިކް ބައްތި ހަރުކުރުމަކީވެސް އެމްޓީސީސީއާ އެ މަޝްރޫއުގެ ދަށުން ޙަވާލުކުރި މަސައްކަތްތަކެވެ.

ތާރު އެޅުމުގެ އިތުރުން ހަމައެކަނި ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއަކީވެސް 28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް