ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 14:25
އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޚާއްސަ ދުވުމެއްގެ ތެރެއިން
އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ ޚާއްސަ ދުވުމެއްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް ތަންރީނު
މާދަމާ އެމްއެންޑީއެފުން ހުޅުމާލޭގައި ބަޑީގެ ތަމްރީނުތަކެއް ކުރިއަށްގެންދަނީ
ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރު
ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް

25 އޭޕްރިލް 2023 ވަނަ ދުވަހު ހުޅުމާލޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަސްކަރީ ތަމްރީން ތަކެއް ކުރިއަށް ގެންދާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ތަމްރީނުތައް ކުރިއަށްދާނީ 25 އޭޕްރީލްވާ އަންގާރަ ދުވަހުގެ ހެނދުނު 06:00 އިން ހަވީރު 17:30 އަށް ކަމަށެވެ.

ތަމްރީނު ކުރިއަށްދާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުގައެވެ.

އެމްއެންޑީއެފުން ބުނީ، މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން 11 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރު ދުރުމިނަށް ކަމަށެވެ.

އަދި، ވަޒަން ދަތުރުކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް