Advertisement
ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 10:37
އަލިފުށީ އެއަރޕޯޓް ޓާމިނަލްގެ މަސައްކަތްތައް
އަލިފުށީ އެއަރޕޯޓް ޓާމިނަލްގެ މަސައްކަތްތައް
އެމްޓީސީސީ
އަލިފުށީ އެއަރޕޯޓް
އަލިފުށީ އެއަރޕޯޓު ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި
މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައް

އަލިފުށީ އެއަރޕޯޓުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފިއެވެ.

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫޢުގެ ދަށުން، އެއަރޕޯރޓް ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައް ކަމަށެވެ.

އަލިފުށީ އެއަރޕޯޓުގެ މަސައްކަތަކީ އެމްޓީސީސީގެ ތާރީޚުގައި ވެސް ހަވާލުކުރެވުނު އެންމެ ބޮޑު ޢުމްރާނީ ތަރައްގީގެ މަޝްރޫއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްގީކުރުމަށް ހިއްކޭ ބިމެވެ.

Advertisement

އެއަރޕޯޓް މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ގާއިމުކުރާނެއެވެ.

އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 451.6 މިލިއަން ރުފިޔާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް