ކ. މާލެ
|
24 އޭޕްރިލް 2023 | ހޯމަ 02:10
ފުލުހުންގެ މައި އިދާރާ --
ފުލުހުންގެ މައި އިދާރާ --
މިހާރު
ޖިންސީ ގޯނާ
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 2 މީހަކު ހައްޔަރުކޮށްފި
11 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވަނީ ހުށަހަޅާފައި
މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަދި 63 އަހަރުގެ ދިވެހި ފިރިހެނެއް
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅެއްގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް އާދިއްތަ ދުވަހުގެރޭ 23:02 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މައުލޫމާތުލިބޭގޮތުގައި މި މައްސަލަ ފެންމަތިވެފައިވަނީ ފުވައްމުލަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް