ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 22:20
ހޫނު ގަދަވުމުގެ ސަބަބުން ޕެރިސްގެ ފައުންޓަނަކަށް މީހުން ޖަމާވެފައި
ހޫނު ގަދަވުމުގެ ސަބަބުން ޕެރިސްގެ ފައުންޓަނަކަށް މީހުން ޖަމާވެފައި
ވަޔަން
ދުނިޔެ ހޫނުވުން
ހޫނު ގަދަވުމުގެ ސަބަބުން ޔޫރަޕުން 15،700 މީހުން މިދިޔަ އަހަރު މަރުވެފައިވޭ: ވަރލްޑް އަރތު ޑޭ ރިޕޯޓް
ހޫނު ގަދަވުމުގެ ސަބަބުން 1 މިލިއަން ސްޕީޝީސް ދުނިޔޭން ނެތި ހިނގައިދާނެ
ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ބަލި އެރުމުގެ ފުރުސަތު ބޮޑު
ފާއިތުވި 8 އަހަރަކީ ތާރީޚް ރިކޯޑްކުރަން ފެށީއްސުރެ އައި އެންމެ ހޫނުގަދަ 8 އަހަރު

ވަރލްޑް އަރތު ޑޭ ހޮނިހިރު ދުވަހު ފާހަގަކޮށްފައިވާއިރު، އެދުވަހާ ގުޅިގެން ވަރލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއު.އެމް.އޯ)އިން ނެރުނު ރިޕޯޓްގައި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައި ވެއެވެ. މިގޮތުން ރިޕޯޓްގައި ބުނެފައިވާގޮތުގައި ފާއިތުވި ދެތިން އަހަރެއްހާ ދުވަހުގެތެރޭގައި މުޅިޔޫރަޕްގެ ހޫނުމިން ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އަދި ކުރިމަތިވި ހީޓްވޭވްތަކުން ޔޫރަޕުން މިދިޔަ އަހަރު އެކަނިވެސް 15،700 މީހުން މަރުވެފައި ވެއެވެ. މީގެ ކުރިން ތަޖުރިބާކުރެވިފައި ނުވާހާ މައްޗަށް ހޫނުމިން އަރާފައިވާއިރު, މިހެން ވުމުން ބައެއް ހިސާބުތަކުގެ ގަސްކަރަ އަދި ކޯރުތައް ހިކިގެން ދާން ދިމާވެފައި ވެއެވެ. ހޫނު ގަދަވުމުގެ ސަބަބުން އެންމެ ގިނައިން މީހުން މަރުވި ގައުމުތަކުގެ ތެރޭގައި؛ އިނގިރޭސި ވިލާތް، ޕޯޗުގަލް، ފްރާންސް، ސްޕެއިން އަދި ޖަރުމަނު ހިމެނެއެވެ.

ޑަބްލިއު.އެމް.އޯއަކީ ދުނިޔޭގެ ކްލައިމެޓް، ފެން އަދި މޫސުމާބެހޭ ކަންތައް ބަލަހައްޓާ، އދ.ގެ އިދާރާއެވެ.

ފާއިތުވި 8 އަހަރަކީ މުޅި ތާރީޚްގައިވެސް އެންމެ ހޫނުގަދަވި 8 އަހަރު: ރިޕޯޓް

ވަރލްޑް އަރތު ޑޭ ރިޕޯޓްގައި ފާހަގަކޮށްފައި ވާގޮތުގައި، ފާއިތުވި 8 އަހަރަކީ ތާރީޚް ރިކޯޑް ކުރަން ފެށީއްސުރެ އައި އެންމެ ހޫނުގަދަ 8 އަހަރެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދުނިޔޭގެ ބަޔޯ ޑައިވަރސިޓީއަށް ނުރައްކާވެފައިވާކަމަށާއި، ދުނިޔޭގައިވާ ދިރޭ ބާވަތްތަކުގެ ތެރެއިން 1 މިލިއަން ސްޕީޝީސް ނެތި ހިނގައިދާނެ ކަމުގެ ބިރުވަނީ އުފެދިފައެވެ. ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައި ވާގޮތުގައި؛ ކާބަންޑައި އޮކްސައިޑްފަދަ ގްރީން ހައުސް ގޭސްތައް ޖައްވަށް ދޫކުރުން އިތުރުވެފައި ވާތީ ދުނިޔޭގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭފަދަ ގެއްލުންތައް ދަނީ ލިބެމުންނެވެ. މިގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި އަދި ކަނޑުގެ ލޮނުގަނޑު ހޫނުވުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

ގްލޭސިއަރސް ވިރެމުން ދަނީ އާދަޔާ ޚިލާފް ބާރު ސްޕީޑެއްގައި

ދުނިޔޭގެ ނޯތު ޕޯލް ނުވަތަ އުތުރު ތަނޑީގައިވާ ގްލޭސިއަރސް (ގަނޑު އައިސް) ވިރެމުންދަނީ އާދަޔާ ޚިލާފް ބާރު ސްޕީޑެއްގައިކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ؛ 2021ގެ އޮކްޓޯބަރު މަހުން ފެށިގެން 2022ގެ އޮކްޓޯބަރާ ހަމައަށް، ގްލޭސިއަރތަކުގެ ބޯމިނުން 1.3 މީޓަރު ވިރިފައިވާކަމަށެވެ. އޭގެކުރިން 1970އިން ފެށިގެން މިވީ ފަންސާހަކަށް އަހަރުގެ ތެރޭގައިވެސް ވިރިފައިވަނީ ތިރީހަކަށް މީޓަރުކަމަށް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރުވެސް ވަރަށް އަވަސްކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައިވަނީ؛ 2013 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް، އަހަރަކު އެވްރެޖްކޮށް 4.62 މިލިމީޓަރު އުފުލިފައި ވާކަމަށެވެ. މިއީ 1993ން 2002ށް ހިނގި މުއްދަތުގައި ލޮނުގަނޑު އުފުލުނު މިންވަރުގެ ދެގުނަ އަވަސް މިންވަރެއް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އދ.ގެ ރިޕޯޓްގައި ބުނެފައިވާގޮތުން؛ ކަނޑުގެ ލޮނުގަނޑުވެސް އާދަޔާ ޚިލާފަށް ހޫނުވަނީ، ގްރީންހައުސް ގޭހުގެ ސަބަބުން ހިކިފަސް ބައްރުތަކުގައި ބަންދުވެފަ ހުންނަ ވައި ނުވަތަ ރޯޅި، ކަނޑަށް މިސްރާބު ޖަހާގޮތް ދިމާވާތީއެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން އެއްފަހަރާ އެތައް މިލިއަން މަސް މަރުވުމުގެ އެތައް ހާދިސާތަކެއް މިދިޔަ އަހަރާއި މިއަހަރުވެސް ހިނގާފައި ވެއެވެ. ރިޕޯޓްގައި ބުނެފައިވާގޮތުން؛ ދުނިޔޭގައިވާ ދިރޭ ތަކެތީގެ ތެރެއިން މިލިއަނެއްހާ ބާވަތް ނުވަތަ ސްޕީޝީސް ނެތިދިއުމުގެ ބިރުވެސް މިހާރުވަނީ އުފެދިފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން އިންސާނުންގެ ފުރާނައަށް (ޚާއްސަކޮށް ޔޫރަޕްގައި ދިރިއުޅޭ ފަރާތްތަކުގެ ފުރާނައަށް) ނުރައްކާވަމުން ދާކަންވެސް ފާހަގަކޮށްފައި ވެއެވެ. މިގޮތުން ބަލިތަކާއި ކުއްލި މަރުތައް ގިނަވެފައިވާކަމަށް ބުނެފައި ވެއެވެ.

ރިޕޯޓްގައި އިތުރަށް ބުނެފައިވާގޮތުގައި؛ ހޫނު އެވަރަށް ގަދަވުމުން ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ބަލި އެރުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ. މީގެ އިތުރުން ނަފްސާނީ ބަލި އިތުރުވުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.

ވަރލްޑް އަރތު ޑޭގެ މުނާސަބަތުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ނެރުއްވި މެސެޖްގައި ވަނީ؛ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބެމުންދާ ބޮޑު ގެއްލުމުގެ މައުލޫމާތު ލިބި ތިބެ، އަދި ހައްލު ކުރާނެ ގޮތްވެސް އެނގޭއިރު ގުދުރަތީ ވަސީލަތްތައް ނެތިކޮށް ހަލާކުކުރުމަށް އިންސާނުންގެ އަތުން ކުރަމުން ގެންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

މައުލޫމާތު: ވިއޯން ރިޕޯޓް  

- ކޮމެންޓް