Advertisement
ކ. މާލެ
|
23 އޭޕްރިލް 2023 | އާދީއްތަ 13:50
ބައި އިލެކްޝަންގެ ވޯޓުލުން
ބައި އިލެކްޝަންގެ ވޯޓުލުން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
އިންތިޚާބަކާ ނުލައި ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް މެންބަރުން ހޮވިއްޖެ
އިންތިޚާބަކާ ނުލައި ހޮވިފައިވަނީ ށ. މާއުނގޫދޫ އާއި ރ. މީދޫ އާއި ގދ. ވާދޫގެ ކޮމިޓީއަށް ކުރިމަތިލި ފަރާތްތައް

އަންނަ ޖޫން މަހު ބާއްވަން ތާވަލުކޮށްފައިވާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ކުރިން އިންތިޚާބަކާ ނުލައި ތިން ރަށެއްގެ ކޮމިޓީއަށް މެންބަރުން ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނެފައިވާ ގޮތުގައި އިންތިޚާބަކާ ނުލައި ހޮވިފައިވަނީ ށ. މާއުނގޫދޫ އާއި ރ. މީދޫ އާއި ގދ. ވާދޫގެ ކޮމިޓީގައި ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލި މެންބަރުންނެވެ. އެގޮތުން، މާއުނގޫދޫގެ އަންހެނުންގެ ކޮމިޓީގެ މެންބަރަކަށް ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު ހަނީފާ ހޮވިފައިވާއިރު މީދޫ ގޮނޑިއަށް ޕީޕީއެމްގެ ކެންޑިޑޭޓް ވަސީމާ އިބްރާހިމް އަދި ވާދޫ ގޮނޑިއަށް ހޮވިފައިވަނީ އަމިއްލަގޮތުން ކުރިމަތިލެއްވި ލިއުޝާ އިބްރާހިމްއެވެ. މި ހުރިހާ މެންބަރުން ވެސް ހޮވުނީ އީސީން ފުރުސަތު ހުޅުވާލި މުއްދަތުގައި އެ ފަރާތްތަކުން އެކަނި ކުރިމަތިލެއްވުމުންނެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަނީ އަހަރަކު އެއްފަހަރުއެވެ. މިގޮތަށް ގާނޫނަށް އިސްލާހު ގެނައީ ކޮމިޓީތަކުން އިސްތިއުފާ ދޭ މެންބަރުންގެ އަދަދު އިތުރުވެ، ބައި އިލެކްޝަންތައް މާގިނައިން ބާއްވަން ޖެހޭތީއެވެ. މީގެ ސަބަބުން ޚަރަދުބޮޑުވެފައިވާ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން، ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކޮށްފައިވެއެވެ.

Advertisement

ޤާނޫނަށް ގެނައި އިސްލާހާއެކު މިއަހަރުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ 17 ޖޫން ގައެވެ.

މިއަހަރު 6 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވާނެއެވެ. އެއީ ހދ. ފިނޭ އާއި ކ. ދިއްފުއްޓާއި މ. ވޭވަށާއި ތ. ގާދިއްފުއްޓާއި ލ. މާމެންދޫ އާއި ގދ. ހޯނޑެއްދޫގެ ބައި އިލެކްޝަނެވެ. މި އިންތިޚާބުގައި މޮނީޓަރުންނަށް ވުމުގެ ފުރުސަތު ވެސް މިހާރު އީސީން ވަނީ ހުޅުވާލައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް