Advertisement
ކ. މާލެ
|
20 އޭޕްރިލް 2023 | ބުރާސްފަތި 22:28
ޝާޔާ
ޝާޔާ
ޓްވިޓަރ
މިސްރުގެ މުބާރާތަކުން ދިވެހި ދަރިވަރަކަށް 2 ވަނަ
ޝާޔާގެ ކާމިޔާބީއަށްޓަކައި މިނިސްޓަރ ޝާހިދު މަރުހަބާ ވިދާޅުވެއްޖެ
58 ގައުމަކުން ވާދަކުރި މި މުބާރާތުން ޝާޔާ ވަނީ އޭނާ ވާދަކުރި ބައިން 2 ވަނަ ހޯދާފައި

މިސްރުގައި ބޭއްވި 29 ވަނަ "އިންޓަރނޭޝަނަލް ކޮންޓެސްޓް ފޮރ ރިސައިޓަރސް އޮފް ދަ ހޮލީ ޤުރުްއާން" އިން ރާއްޖޭގެ ދަރިވަރެއްކަމަށްވާ ފާތިމަތު ޝާޔާ ޒާހިރު ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ޝާޔާ ހޯދި ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީއެއްކަމަށެވެ.

58 ގައުމަކުން ވާދަކުރި މި މުބާރާތުން ޝާޔާ ވަނީ އޭނާ ވާދަކުރި ބައިން 2 ވަނަ ހޯދާފައެވެ. ޝާޔާ މުބާރާތުގައި ވާދަކުރީ ނުބަލައި ކިޔެވުމުގެ ގޮފިންނެވެ.

Advertisement

ޝާޔާއަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ މިސްރުގެ ރައީސްް އަބްދުލް ފައްތާހް އައްސީސީއެވެ.

100އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މި މުބާރާތަކީ މިއީ މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު އެއް ޤުރުއާން މުބާރާތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް